ފުލުހުންގެ ޔުނީފޯމްގައި މިއަހަރު ކެމެރާ ހަރުކުރަނީ

ފުލުހުންގެ ޔުނީފޯމްގައި "ބޮޑީ ވޯން ކެމެރާ" މިއަހަރު ހަރުކުރުމަކީ އަމާޒެއް ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައިވަނީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މީކާއީލު ސުވާލުކުރައްވާފައިވަނީ އެކިއެކި މުޒާހަރާތައް ރޫޅާލުމުގައި ބޮޑީ ކެމެރާ ބޭނުން ނުކުރާ ސަބަބާއި ގުޅޭގޮތުންނެވެ.

މި ސުވާލުގެ ޖަވާބު ހޯމް މިނިސްޓަރު އިމްރާން،ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ފޮނުއްވާފައި ވެއެވެ.

އިމްރާން ވިދާޅުވެފައިވަނީ، ޔުނިފޯމްގައި ކެމެރާ ހަރުކުރުމަކީ ޕޮލިސީ ލެވެލްގައި ކުރަން ނިންމައިފައިވާ ކަމެއް ކަމަށާއި ކެމެރާތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށެވެ.

މިދިޔަ އަހަރު ކުރީކޮޅު ފުލުހުންގެ ޔުނީފޯމްގައި ކެމެރާ ހަރުކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާކަމަށާއި، ނަމަވެސް މިދިޔަ އަހަރު ކެމެރާތައް ނުގަނެވުނީ ކޮވިޑް-19 އާއި ގުޅިގެން ކަމަށް އިމްރާން ވިދާޅުވިއެވެ.

މިއަހަރު ބަޖެޓްގައި ކެމެރާ ގަތުމަށް ހިމަނާފައިވާ ކަމަށާއި އަދި 1400 ކެމެރާ ހޯދުމަށްޓަކައި ޓެންޑާ ބޯޑަށް ހުށައަޅާފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން އިތުރަށް ވިދާޅުވީ، ޕައިލެޓް ޕްރޮގްރާމެއް ހިނގައި ރިލަޔަބިލިޓީއަށް ބަލައި އެމެރިކާގެ އެކްސްއޯން މަރުކާގެ ކެމެރާ ސިންގަލް ސޯސްކޮށް ހޯދުމަށް ހުށަހެޅި ހުށަހެޅުން ޓެންޑާ ބޯޑުން ބަލައިގެންފައި ނުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ސާންކޮ

    ތިކަން ކުރަން މާލަސްވެސްވޭ އެބަ. އެމީހުން އައިސް ބާރުގެ ބޭނުންކޮއް ބޭނުން އެއްޗެއް ހަދާފަ ދިޔާމަ ރަތްޔިތުމީހާއައް ނޯވެވޭ އެއްވެސް ކަމެއް ސާބިތުކުރެވޭކައް.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ