ކޮވިޑްގައި 94 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ ކޮވިޑް ބަލިމީހަކު މިއަދު ހެނދުނު 10:31 ގައި ނިޔާވެފައިވާ ކަމަށެވެ.

ނިޔާވެފައިވަނީ އުމުރުން 94 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މިއަދު މިބަލީގައި ނިޔާވި ދެވަނަ މީހާއެވެ. އަދި މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދުވަނީ 191 އަރައިފައެވެ.

މިދިޔަ މެއިމަހަކީ ކޮވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑުވެ މިބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެ، މިބަލީގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއިމަހު 34516 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 88 މީހުން ވަނީ ނިޔާވެފައެވެ.

މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދުވަނީ 68،872 އަށް އަރައިފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން އައްނަ މީހުންގެ އަދަދަކީ 17،461 މީހުންނެވެ. މީގެތެރެއިން 152 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ