ގެއްލިގެން ހޯދާ އަންހެނެއް ފެނުނީ، 11 އަހަރު ފަހުން ލޯބިވެރިޔާގެ ކޮޓަރީގައި އުޅެނިކޮށް 

ގެއްލިގެން ހޯދާ އަންހެނެއް 11 އަހަރަށްފަހު،  އޭނާގެ ލޯބިވެރިޔާގެ މައިންބަފައިންގެ ގޭގެ ކޮޓަރިއެއްގައި ފިލައިގެން އުޅެނިކޮށް ފެނިއްޖެއެވެ.

ކެރެލާގެ އަވަށެއް ކަމަށްވާ ވިތަނާސަރީގެ ގެއެއްގައި އެ އަންހެން މީހާ އުޅޭކަން ފުލުހުންނަށް އެންގިފައިވަނީ މިދިޔަ އަންގާރަދުވަހުއެވެ. އަދި ލޯބިވެރިޔާ ފޮރުވައިގެން އުޅުމުގެ ސަބަބުން އެ ދެ ލޯބިވެރިން ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

މައިންބަފައިންގެ ގޭގައި 11 އަހަރުވަންދެން، އެ މީހުންނަށް ނޭނގި ލޯބިވެރިޔާ ފޮރުވައިގެން އުޅެފައިވަނީ އުމުރުން 32 އަހަރުގެ ރަހްމާނެވެ.

ބުރާސްފަތި ދުވަހު ރިޕޯޓަރުންނަށް މައުލޫމާތު ދެމުން ރަހްމާން ބުނެފައިވަނީ، ލޯބިވެރިޔާ ފޮރުވައިގެން ގެންގުޅެފައިވަނީ ލޯބިވެރިޔާގެ ގޭގައި ނޫލެވޭނެ ކަމަށް ބުނުމުން ކަމަށާއި އަދި ދެމީހުންގެ ވެސް އާއިލާ އެ ދެމީހުންގެ ގުޅުމަށް ނުރުހޭތީ ކަމަށެވެ.

"ކޮޓަރީގައި ބޭނުންވާ ހުރިހާ އެއްޗެއް ހުންނާނެ. އަހަރެން ކާ އެއްޗެއްހި ކޮޓަރިއަށް ގެންގޮސް ދެމީހުން ބަހައިގެން ކަނީ. އަސްލު ޕްލޭން ކުރީ ލޯބިވެރިޔާ ކުޑަ ދުވަސްކޮޅަކަށް ފޮރުވަން" ރަހްމާން ބުނެފައިވެއެވެ.

ލޯބިވެރިޔާ ކުޑަ ދުވަސްކޮޅަކަށް ފޮރުވީ ފައިސާކޮޅެއް ލިބުމުން އެހެން ތަނަކަށް ދާން ކަމަށާއި ފައިސާ ލިބުން ލަސްވީ ކަމަށް ރަހްމާން ބުންޏެވެ. ނަމަވެސް ފަހުން ފައިސާ ނުލިބުމުގެ ސަބަބުން ނުދެވުނީ ކަމަށް ވެސް ބުންޏެވެ.

އެދެމީހުން އެކީގައި އުޅެން ނިންމާފައިވުމުގެ ސަބަބުން، ކޯޓަށް ހާޒިރު ކުރުމުން އެ އަންހެން މީހާ އޭނާގެ ލޯބިވެރިޔާ އާއިއެކު ދިއުމުގެ ފުރުސަތު ދީފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ