ބޮލީވުޑްގެ ކާމިޔާބު ބަތަލާ އައިޝްވާރިޔާ ރާއީއަށް "ކުޗް ކުޗް ހޯތާހޭ" ގައި ޓީނާގެ ރޯލު ކުޅެން ފުރުސަތު ލިބުނުކަން އޭނާ ހާމަކޮށްފިއެވެ.
ކުޅަދާނަ ޑައިރެކްޓަރު ކަރަން ޖޯހަރުގެ 1998ގެ އުފެއްދުމެއް ކަމުގައިވާ ބޮލީވުޑް ފިލްމު "ކުޗް ކުޗް ހޯތާހޭ" ގައި ލީޑް ރޯލްތަކުން ފެނިގެން ގޮސްފައިވަނީ އެކްޓަރު ޝާހްރުކް ޚާން، ކަޖޮލްއަދި ރާނީ މުކާޖީއެވެ.
ނަމަވެސް ޓީނާގެ ރޯލުން ރާނީ މުކަރްޖީ ފެނިގެން ގޮސްފައިވިޔަސް އެ ރޯލު ކުޅެން ގިނަ ފަންނާނުންނަށް ޑައިރެކްޓަރު ކަރަން ޖޯހަރު ފުރުސަތު ދިނެވެ. އޭގެ ތެރޭގައި އައިޝްވާރިޔާ ރާއީ ވެސް ހިމެނެއެވެ.
އައިޝްވާރިޔާއަށް މި ފުރުސަތު ލިބުނުއިރު އޭނާ ކުޅެފައިވަނީ ހަމަ އެންމެ ތިން ފިލްމެވެ. "ފިލްމްފެއާ" އަށް ދިން އިންޓަވިއުއެއްގައި އައިޝްވާރިޔާ އެ ފުރުސަތުގެ ބޭނުން ނުހިފި ސަބަބު ކަމަށް ބުނެފައިވަނީ އޭނާ އެ ރޯލު ކުޅުން ނަމަ މީހުން އޭނާއަށް މަލާމާތްކުރާނެތީއެވެ.
"އަހަރެންނަކީ އޭރު ފިލްމީ ދާއިރާއަށް މުޅިން އަލަށް ގުޅުން މީހެއް. އަހަރެން އެ ފިލްމް ކުޅުން ނަަަމަ މީހުން ހޭނެ." އައިޝްވާރިޔާ ބުނެފައިވެއެވެ.
އައިޝްވާރިޔާ އަށް ޓީނާގެ ރޯލު ކުލުމުގެ ފުރުސަތު ދިން ކަން ފިލްމްގެ ޑައިރެކްޓަރު ކަރަން ޖޯހަރުވެސް ވަނީ ޔަގީންކޮށްދީފައެވެ. ކަރަން ޖޯހަރު ބުނެފައިވަނީ، މި ރޯލު ކުޅުމަށް އައިޝްވާރިއާ، އުރްމިލާ މަޓޮންދްކަރު އަދި ޓަބޫއަށް ފުރަތަމަ ފުރުސަތުދިން ކަމަށެވެ. ނަމަވެސް މި އެންމެންވެސް އެ ރޯލު ކުޅެން ބޭނުން ނުވި ކަމަށް ބުންޏެވެ.
އެކްޓަރު ޝާހްރުކް ޚާން، ކަޖޮލް، ރާނީ މުކާޖީ ފަދަ ފަންނާނުން ފެނިގެންގޮސްފައިވާ މި ފިލްމަށް ވަނީ އެތަކެއް އެވޯޑްތަކެއްވެސް ލިބިފައެވެ. އެގޮތުން، އަށް ފިލްމު ފެއާރ އެވޯޑް ހާސިލްކޮށްފައިވާއިރު، ތާރީޚުގައިވެސް "ފޯ އެކްޓިން ކެޓެގަރީ" އެވޯޑް ހާސިލްކުރި ހަމައެކަނި ފިލްމަކީ ކަރަންގެ މި ފިލްމުކަން ފާހަގަކޮށްލެވެއެވެ.



