އައިޝްވާރިޔާ އާއި ދަރިފުޅު އާރަދިއާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ބޮލީވުޑްގެ މަޝްޙޫރު ބަޠަލާ އައިޝްވާރިޔާ އާއި އޭނާގެ 8 އަހަރުގެ ދަރިފުޅު އާރަދިއާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އަންހެނުން އައިޝްވާރިޔާ އާއި ދަރިފުޅު އާރަދިއާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އަބީޝޭކް ބައްޗަން ހާމަކޮށްފައިވާއިރު، އޭނާ ބުނީ އެދެމީހުންވެސް ގޭގައި ކަރަންޓީނު ކުރެވިފައިވާކަމަށެވެ. އަބީޝޭކްއާއި ބައްޕަ އަމީތާބު ބައްޗަން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ރޭ ހާމަކޮށްފައިވާއިރު، އަބީޝޭކް ބުނީ ޢާއިލާގެ އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ނުވާކަމަށެވެ. އަދި މަންމަގެ ނަތީޖާވެސް ނެގެޓިވްކަމަށް އަބީޝޭކް ބުންޏެވެ.

 

ކޮވިޑް-19 އަށް އިންޑިއާއިން މިހާތަނަށް 856,000 އަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި އިންޑިއާއިން މިހާތަނަށް 22,762 މީހުންވަނީ މަރުވެފައެވެ. އަވައްޓެރި އިންޑިއާ އުޅޭނީ ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ޤައުމުތަކުގެ ލިސްޓް ތިންވަނާގައެވެ. މިލިސްޓްގެ އެއްވަނާގައި އެމެރިކާ އުޅޭއިރު ދެވަނާގައި އުޅޭ ބްރެޒިލްއެވެ.

އަބީޝޭކް ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ