ކޮވިޑް ޖެހިގެން 83 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑް 19 ޖެހިގެން ރާއްޖެއިން 83 އަހަރުގެ މީހަކު ނިޔާވެއްޖެއެބެ. މިއީ ބަލީގައި ރާއްޖެއިން މަރުވި 197 ވަނަ މީހާއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މިއަދު ފަތިހު 04:47 ގައި ނިޔާވެފައިވަނީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި ފުރަތަމަ މީހާއެވެ. އިއްޔެ ވަނީ މި ބަލީގައި ރާއްޖެއިން 4 މީހަކު ނިޔާވެފައެވެ. އޭގެ ތެރޭގައި 25 އަހަރުގެ ޒުވާން އަންހެން ކުއްޖަކުވެސް ހިމެނެއެވެ.

ބަލި ކޮންޓްރޯލު ކުރުމަށް ރާއްޖޭގައި އެޅި ހަރުކަށި ފިޔަވަޅު ތަކާއެކު، ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ 500 އިން ތިރިވެފައެވެ. އަދި މާލެ ސަރަހައްދުން ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިއްޔެ ވަނީ 100 އިން ދަށްވެފައެވެ.

ރާއްޖެއިން މި ބައްޔަށް ވަނީ 70000 ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ