ޕޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންކުއަރީއަށް ރައީސް ނަޝީދުގެ ބޮޑީގާޑުން ހާޒިރުކޮށްފި

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގާ އިންކުއައިރީއަށް ރައީސް ނަޝީދުގެ ބޮޑީގާޑުން ހާޒިރުކޮށްފިއެވެ.

މި އިންކުއަރީއަކީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން، އެމަނިކުފާނުގެ ސެކުއިރިޓީ ބްރީޗްވިގޮތުގެ މައްޗަށް އެކޮމެޓީން ހިންގަމުން އަންނަ އިންކްއަރީއެކެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއަށް ވަކިވަކި ފުލުހުންނާއި ސިފައިން ދަނީ ޙާޒިރުކުރަމުންނެވެ. އެގޮތުން އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގައި ހިމެނޭ ރައީސް ނަޝީދުގެ ބޮޑީ ގާޑުންވެސް ވެސް ވަނީ ހާޒިރުކޮށްފައެވެ.

މީގެ ކުރިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، މާލެ ސިޓީގެ ކުރީގެ މޭޔަރ ޝިފާ މުޙައްމަދުގެ އިތުރުން ފުލުހުންގެ ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލްވެސް ވަނީ ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

މިގެ އިތުރުން މި އިންކުއަައިރީއަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އާއި ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމްވެސް ވަނީ ހާޒިރުކޮށްފައެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެފައިވަނީ، އިންކުއަރީއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބޭކަމަށާއި އިންކުއަރީއަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވާކަމަށެވެ.

އަދި ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ކޮމިޓީން ދާނެކަމަށާއި، ކޮމިޓީއަށް ޙާޒިރުކުރަންޖެހޭކަމަށް ކޮމިޓީއަށް ފެންނަ ހުރިހާ އެންމެން ޙާޒިރުކުރާނެ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފައި ވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ގެއިން ނުކުމެގެން ކާރުކޮޅަށް އެރުމަށް ދިޔަ މަގުމަތީގައެވެ.

މި ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ހަތަރު މީހެކެވެ. ހައްޔަރުކޮށްފައިވަނީ ބޮންގޮއްވާލިކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށްވާ އަދުހަމް އަހުމަދާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އަދި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ. މީގެ އިތުރުން ލ. ގަން، ދުންފިނިއުފާ، އަޙްމަދު ފާތިޙެވެ.

އެމަނިކުފާނަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާއި ގުޅިގެން ލިބުނު އަނިޔާތަކަށް އެމަނިކުފާނު ޖަރުމަނުގައި ފަރުވާ ހޯއްދެވުމަށްފަހު މިހާރު އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލާފައިވީ ނަމަވެސް އަދިވެސް ހުންނެވީ ޖަރުމަނުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ