ސާމްޕަލް ނެގުމުގައި އޮފިޝަލުން ހަރަކާތްތެރިވަނީ / ފޮޓޯ: ކުރިނބީ ހެލްތް ސެންޓަރ

މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 150 އިން ދަށަށް

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 142 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 3،520 ސާމްޕަލް ކަމަށާއި އޭގެތެރެއިން ޕޮޒިޓިވުވެފައިވަނީ 142 ސާމްޕަލް ކަމަށެވެ.

ކޮވިޑް-19 އަށް މިއަދު އަލަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 51 މީހުން، އަތޮޅުތެރޭ ރައްތަކުން 88 މީހުން، ރިސޯޓުތަކުން 2 މީހުން، އަދި ސަފާރީއެއްގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފަތުރުވެރިއެކެވެ.

މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންނާއެކު މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދުވަނީ 71،498 އަށް އަރައިފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން އައްނަ މީހުންގެ އަދަދަކީ 6،106 މީހުންނެވެ. މީގެތެރެއިން 53 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މުޅި ޖުމްލަ މިބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވި މީހުންގެ އަދަދަކީ 203 އެވެ.

2019 ވަނަ އަހަރުގެ ފަހު ކޮޅު ފެނުނު ކޮވިޑް-19 ދުނިޔޭގައި ގިނަ ޤައުމުތަކެއްގައި ހިފެހެއްޓުމެއްނެތް ޙަލުވިކަމާއެކު ފެތުރިގެންފައިވާއިރު، މިބަލީގެ ޝިކާރައަށް މިކުޑަކުޑަ ދިވެހިރާއްޖެވެސްވަނީ ވެގެން ގޮސްފައެވެ. އެގޮތުން މިދިޔަ މެއިމަހަކީ ކޮވިޑް ބަލީގެ ނުރައްކާ ރާއްޖޭގައި އެންމެ ބޮޑުވެގެން ދިޔަ މަހެވެ. މިބައްޔަށް ގިނަ ބަޔަކު އެމަހު ޕޮޒިޓިވްވެފައިވާއިރު، މިބަލީގައި އެންމެ ގިނަ މީހުން ނިޔާވެފައިވަނީވެސް އެމަހުއެވެ. އެގޮތުން މެއިމަހު 34516 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 88 މީހުން ވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ