ކޮވިޑް ބަލީގައި އިތުރު ދެ މީހަކު މަރުވެއްޖެ

ރާއްޖެއިން ކޮވިޑް ބަލީގައި އިތުރު ދެ މީހަކު މަރުވެއްޖެއެވެ.

މި ދެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 205 އަށް އަރައިފައެވެ.

މިއަދު މި ބަލީގައި ފުރަތަމަ މަރުވެފައިވަނީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް އިންޑީއާ މީހެކެވެ. އެޗްޕީއޭއިން ވިދާޅުވީ، އެ ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް 55 އަހަރުގެ އިންޑިއާ ފިރިހެނަކު ރޭ ދަންވަރު 01:30 ގައި މަރުވެފައި ވާ ކަމަށެވެ.

މި ބަލީގައި މިއަދު ދެވަނައަށް ނިޔާވެފައިވަނީ، ހަމަ އެ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 41 އަހަރުގެ ދިވެހި ފިރިނެއް ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. މި މީހާ ނިޔާވެފައި ވަނީ، މިއަދު ފަތިހު 05:19 ގައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުގެ އަދަދު މިދިޔަ މަހު ރެކޯޑު އަދަދަކަށް މަތީ ގައި ހުރުމަށްފަހު، މިހާރު ވަނީ މި އަދަދު ވަރަށް ބޮޑުތަނުން ދަށްކުރެވިފައެވެ. މި އަދަދު ދަށްކުރެވިފައި މިވަނީ، ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅު ތަކާއެކުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ