އީރާނުގެ ރިޔާސީ އިންތިހާބް ކާމިޔާބު ކުރެއްވެވި ރައިސީ

އީރާނުގެ ރައީސަކަށް ރައިސީ

އިއްޔެ ބޭއްވުނު އީރާނުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި އީރާނުގެ އާ ރައީސްކަމަށް އިބްރާހިމް ރައިސީ އިންތިހާބުވެ ވަޑައިގެންފިއެވެ.

މިހާތަނަށް އިއުލާންކުރި ނަތީޖާތައް ދައްކާގޮތުން އިންތިހާބީ ރައީސް ރައިސީވަނީ ވޯޓުގެ 62 އިންސައްތަ ކާމިޔާބު ކުރައްވައިފައެވެ. އީރާނުގެ ގަޑިން އިއްޔެ ހެނދުނު 7:00 ގައި ވޯޓުލާން ފެށުނު މި އިންތިހާބުގެ ވޯޓުލުން ނިންމާލައިފައިވަނީ ރޭ ދަންވަރު 2:00 ގައެވެ.

އިންތިހާބީ ރައީސް ރައިސީ ރައީސްކަމަށް އިންތިހާބުވިކަން މިހާތަނަށް ގުނުނު ވޯޓުތަކުން ދައްކާފައިވާއިރު ލިބުނު ކާމިޔާބީއާއި ގުޅިގެން ރައިސީވަނީ އީރާނުގެ ރައްޔިތުންނަށް ޝުކުރު ދައްނަވައިފައެވެ. ރައީސީ މީގެކުރިން ހުއްނެވީ އީރާނުގެ އުއްތަމަ ފަނޑިޔާރުގެ ގޮތުގައެވެ. ސިޔާސީ ކުއްވެރިން ގަތުލުކުރުމަށް ނެރުނު ހުކުމްތަކާއި ގުޅިގެން އެމެރިކާއިން ރައިސީއާއި ދެކޮޅަށްވަނީ ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅައިފައެވެ.

އުމުރުން 60 އަހަރުގެ ރައީސީއަކީ ދީނީ ތަޢުލީމުގެ އިތުރުން އިސްލާމީ ޝަރީއަތުގެ އިތުރުން ޒަމާނީ ގާނޫނުތަކުގެ ރޮނގުން މާސްޓާސް ހާސިލް ކުރައްވައި އަދި ސިޔާސީ ދާއިރާގައާއި ގާނޫނީ ދާއިރާގައި ގިނަ ތަޖްރިބާތަކެއް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އީރާނުގެ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައިސީގެ އިތުރުން އިތުރު ތިންބޭފުޅުން ވާދަކުރެއެވެވިއެވެ. މި ތިންބޭފުޅުންނަކީ މުހްސިން ރިޒާ، އާމިރު ހުސެއިން، އަދި ކުރީގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަބްދުލް ނާސިރު ހިއްމަތީއެވެ.

އީރާނުގައި ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަކީ ދެވަނައަށް އެންމެ ބާރުގަދަ މަގާމެވެ. އެންމެ ބާރުގަދަ މަގާމަކީ، ރޫހާނީ ލީޑަރުކަމުގެ މަގާމެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ