"ސަތްޔަމެވަ ޖަޔަތޭ 2" ގެ ޝޫޓިން ނިއްމާލައިފި!

2018 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމް "ސަތްޔަމެވަ ޖަޔަތޭ" ދެވަނަ ބައިގެ ޝޫޓިން ނިއްމާލައިފިއެވެ.

ފުރަތަމަ ބައިގެ ލީޑު ރޯލުން ވެސް ފެނިގެންދިޔަ ބަތަލު، ޖޯން އަބްރަހަމް ދެވަނަ ބައިގެ ލީޑުންވެސް ފެނިގެންދާ މި ފިލްމްގެ ޝޫޓިން ނިއްމާލިކަން ޔަޤީންކޮށްދީފައިވަނީ، ފިލްމް ކްރިޓިކް އަދި ޓްރޭޑް އަނަލިސްޓް ތަރަން އަދާސް ކުރި ޓްވީޓަކުންނެވެ. އޭނާ ބުނީ، ފިލްމްގެ ޝޫޓިން ނިމި މިހާރު ކުރިއަށް ދަނީ ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތް ކަމަށެވެ.

މިއަހަރުގެ މެއި މަހުެ ރިލީޒްކުރުމަށް ހަމަޖެހުނު މި ފިލްމް ރިލީޒްކުރާ ތާރީހް ފަސްކޮށްފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން ފިލްމްގެ ޝޫޓިން ކުރިއަށް ނުގެންދެވިގެންނެވެ.

"ސަތްޔަމެވަ ޖަޔަތޭ 2"ގައި ޖޯން އާއެކު އަންހެން ލީޑުން ފެނިގެންދާނީ އެކްޓްރެސް ދިވްޔާ ކޯސްލާ ކުމާރްއެވެ. އަދި ޖޯން މި ފިލްމްގައި ފެނިގެންދާނީ ޑަބަލް ރޯލަކުން ކަމަށް ވަނީ ހާމަކޮށްފައެވެ.

މި ފިލްމްގެ ފުރަތަމަ ައި ވެގެންގޮސްފައި ވަނީ ބެލުންތެރިންގެ ތެރޭގައި ބޮޑު ހިޓަކަށެވެ. އަދި "ސަތްޔަމެވަ ޖަޔަތޭ 2" ގައި ފުރަތަމަ ބަޔަށްވުރެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ޖޯން އަބްރަހަމްގެ ފަރާތުން ފެނިގެންދާނެ ކަމަށް ބެލެެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ