ޑރ. އިޔާޒް: ފޮޓޯ - އަވަސް

"ޢިލްމީ ދިރާސާއަކަށް ފާޅުކުރާ ޚިޔާލަކުން ވަޒީފާއިން ވަކިކުރަށް ގޮވުމަކީ ނާތަޙުޒީބު ކަމެއް"

ޢިލްމީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ފާޅުކުރާ ޚިޔާލަކުން އެމީހަކު ވަޒީފާއިން ވަކިކުރަށް ގޮވުމަކީ ވަރަށް ނާތަޙުޒީބު ކަމެއްކަމުގައި މަޝްހުރި ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައި މިވަނީ އަންހެނުން ހިތާނުކުރުމަށް ހިތްވަރުދޭ ފަދަ މޭރުމަކުން އޭނާ ކުރެއްވި ޓްވީޓަކާއި ގުޅިގެން އެމައްސަލަ ބަލައިދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވަނިކޮށެވެ.

އެގޮތުން ޑރ. އިޔާޒްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން ބަލައިދިނުމަށް މީކާއިލް ވަނީ އެދިފައެވެ.

މީކާއިލްގެ ސިޓީގައި ވިދާޅުވެފައި ވަނީ ގައުމި ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ މަގާމުގައި ހުންނަވައި ޑރ. އިޔާޒް، އަންހެނުން ހިތާނުކުރުމަށް ހިތްވަރު ދެއްވާފައިވާކަމަށް ވިދާޅުވެ، އަދި އެފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ދިވެހިރާއްޖޭގައި އަންހެނުން ނުރައްކަލަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސްއެޅޭނޭ ކަމެއްކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ޑރ. އިޔާޒް މއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޢިލްމީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް އެމީހެއްގެ ޚިޔާލުފާޅު ކުރުމުން އެމީހަކު ވަޒީފާއިން ވަކި ކުރުމަށާއި ފިޔަވަޅު އެޅުމަށް ގޮވުމަކީ ވަރަށް ނާތަޙުޒީބު ކަމެއް ކަމަށާއި، ސިކުނޑި ދެއްވި ފަރާތުން ކަނޑައަޅުއްވާފައިވާ ކަންތަކަށް ފާޑު ކިޔަން ނޫޅުއްވުމަށެވެ.

"ނިކަން އެޔާދެކޮޅު ޕްރޫފްތައް ގެނެސް ބައްލަވާ" ޑރ. އިޔާޒް ވިދާޅުވިއެވެ.

ދާދިފަހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވިދާޅުވެފައި ވަނީ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި އަންހެން ކުދިން ހިތާނުކުރުމުގެ ސަގާފާތް އަލުން ރާއްޖޭގައި އަންނަނީ އާލާވަމުންކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ