ފެމިނިސްޓުން ބުނާ ގޮތަށް ފަތުވާ ނުދީގެން އަދަބު ދިނަސް ފަތުވާ ބަދަލު ނުކުރާނެކަމުގައި މަޝްހޫރި ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައި މިވަނީ އަންހެން ކުދިން ޚިތާނު ކުރުމަށް ހިތްވަރު ދިންކަމަށް ބުނެ އޭނާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން ބަލައިދިނުމަށް، މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވަނިކޮށެވެ.
އެގޮތުން މީކާއިލް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ގައުމި ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ މަގާމުގައި ހުންނަވައި ޑރ. އިޔާޒް، އަންހެނުން ހިތާނުކުރުމަށް ހިތްވަރު ދެއްވާފައިވާކަމަށް ވިދާޅުވެ، އަދި އެފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ދިވެހިރާއްޖޭގައި އަންހެނުން ނުރައްކަލަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސްއެޅޭނޭ ކަމެއްކަމަށެވެ.
ޑރ. އިޔާޒް ވިދާޅުވީ، މުޢުތަޒިލާ އިން ބުނާހާ ގޮތަކަށް ފަތުވާ ނުދެއްވައިގެން އިމާމް އަޙްމަދަށް އަދަބު ދެވުނުކަމަށާއި، ނަމަވެސް ފަތުވާ ބަދަލު ނުކުރައްވާކަމަށެވެ.
އެގޮތުން ފެމިނިސްޓުން ބުނާ ގޮތަށް ފަތުވާ ނުދީގެން އަދަބު ދިނަސް އިންޝާالله ފަތުވާ ބަދަލު ނުކުރާނެކަމުގައި ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.
މުޢުތަޒިލާ އިން ބުނާހާ ގޮތަކަށް ފަތުވާ ނުދެއްވައިގެން އިމާމް އަޙްމަދަށް އަދަބު ދެވުނު. ނަމަވެސް ފަތުވާ ބަދަލެއް ނުކުރެއްވި. ފެމިނިސްޓުން ބުނާ ގޮތަށް ފަތުވާ ނުދީގެން އަޅުގަޑަށް އަދަބު ދިނަސް އިންޝާالله ފަތުވާ ބަދަލެއް ނުކުރާނަން.
— Dr.Mohamed Iyaz (@dr_iyaz) June 26, 2021
ޑރ. އިޔާޒް ވިދާޅުވީ އަންހެނުން ޚިތާނު ކުރުމަކީ ދީނުގައި ނެތް ކަމަކަށް ނުބުނެވޭނެކަމަށާއި، އަދި އެހެން ބުނެގެން ކޮންމެފަދަ އަދަބެއް ދިންނަމަވެސް މައްސަލައެއް ނެތްކަމަށެވެ.
"އަޅުގަނޑު މިހަދަނީ ތެދުކަން ތިޔަބޭފުޅުންނަށް އިންޝާالله ހާމަވާނެދުވަސް އަންނާނެ" ޑރ. އިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން މި ވަގުތު ގައުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ މިހާރު މަޖްލިސްގައި އޮތް “ޝައިޠާނީ ބިލް” ކަމަށް ވާތީ އެކަމަށް ފޯކަސް ކުރެއްވުމަށް ހުރިހާ ބޭފުޅުންނަށް ޑރ. އިޔާޒް ވަނީ ގޮވާލައްވާފައެވެ.




ހިޔާލު
IYAZ THEE kamudhaa meehennun haru kashi meeheh