ޕޮޓޯ: މަޖިލިސް ގެލެރީ

އަޅުގަނޑަށް ލިބިފަހުރި އަނިޔާ ވަރަށް ގިނަ: ރައީސް ނަޝީދު

ލިބިފަހުރި އަނިޔާ ވަރަށް ގިނަ ކަމަށާއި ނަމަވެސް މަސައްކަތްކުރަނީ އެންމެ އަނިޔާތަކުން އަރައިގަނެ ހެޔޮހާލުގައި ރާއްޖެ ދިއުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މެއި ހަވަނަ ދުވަހު އެމަނިކުފާނުގެ ފުރާނަ ދުއްވާލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތުގައި ހުއްނަވާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

"އަޅުގަނޑަށް ލިބިފަހުރި އަނިޔާ ވަރަށް ގިނަ. އެހެންނަމަވެސް އަޅުގަނޑު މަސައްކަތްކުރަނީ މާތް ﷲ ގެ ރަހުމަތްފުޅާއެކު މި އެންމެ އަނިޔާތަކުން އަރައިގަނެ ހެޔޮހާލުގައި ރާއްޖެ ދިއުމަށް" ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ފުރާނަ ކިރިޔާ ސަލާމަތްވިއިރު، މިހާތަނަށް އެކަމުގެ އަޑީގައި ތިބީ ކޮން ބައެއް ކަމެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް ނަޝީދަށް ޓެރަރިސްޓް ހަމަލާ ދީފައިވަނީ، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށް ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރަށް އަރާވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެން ހަފްތާއެއް ވަންދެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ