ވެއްޓިފައިވަނީ މި އިމާރާތުގެ ބަޔެކެވެ. މި އިމާރާތުގެ ނަމަކީ ޗެމްޕްލެއިން ޓަވަރސް އެވެ.

މިއާމީގެ އުސް އިމާރާތެއްގެ ބަޔެއް ވެއްޓި އެކަކު މަރުވެއްޖެ

އެމެރިކާގެ ފުލޮރިޑާ ސްޓޭޓުގެ މިއާމީ ސިޓީގައި ހުރި 12 ބުރީގެ އިމާރާތެއްގެ ބަޔެއް ވެއްޓި އެކަކު މަރުވެއްޖެއެވެ.

މީހުން ދިރިއުޅުމަށް ހާއްސަކޮށްފައިވާ މި އިމާރާތުގެ ބަޔެއް ވެއްޓުމާއި ގުޅިގެން މިހާރު އައްނަނީ އިމާރާތުގެ ދަށުވެފައި އެއްވެސް ބަޔަކު ތިބިތޯ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ދިރިހުރި ކުޑަކުއްޖަކު އިމާރާތުގެ ދަށުން ހޯދައިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެެމެރިކާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ހާދިސާ ހިނގައިފައިވަނީ މިއާމީ ގަޑިން 02:00 ގައެވެ. ދައުރުވަމުންދާ ފޮޓޯތަކުން ފެއްނަ ގޮތުގައި އިމާރާތުގެ އެއްބައިވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. ވެއްޓުނު ބައިގައި ހާދިސާ ހިނގިއިރު ތިބީ ކިހާ އަދަދެއްގެ ބަޔެއްކަން ނޭންގޭއިރު މިހާދިސާގައި މިހާތަނަށް އަށް މީހަކުވަނީ ޒަހަމް ވެފައެވެ.

ކައުންޓީ ކޮމިޝަނަރ ޖޯސޭ ޑިއޭޒް އާއި ހަވާލާދީ ބީބީސީ އިން ބުނެފައިވަނީ، ހާދިސާ ހިނގި އިމާރާތުގައި އުޅޭނެ ކަމަށް ބެލެވޭ 51 މީހުންގެ ޚަބަރު އަދި ނުވާކަމަށެވެ. މިހެންކަމުން މިހާދިސާގައި މަަރުވި މީހުންގެ އަދަދު އިތުރުވުންވެސް އެކަށީގެން ވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ