ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 150 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 5،763 ސާމްޕަލް ކަމަށާއި އޭގެތެރެއިން ޕޮޒިޓިވުވެފައިވަނީ 150 ސާމްޕަލް ކަމަށެވެ.
ކޮވިޑް-19 އަށް މިއަދު އަލަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 30 މީހުން، އަތޮޅުތެރޭ ރައްތަކުން 101 މީހުން، ރިސޯޓުތަކުން 17 މީހުން، އަދި ސަފާރީތަކުން ޕޮޒިޓިވްވި 02 އެވެ.
✳️ COVID-19 : Case Updates pic.twitter.com/J44foXsdwQ
— Health Protection Agency (@HPA_MV) June 26, 2021
މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންނާއެކު މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދުވަނީ 73،094 އަށް އަރައިފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން އައްނަ މީހުންގެ އަދަދަކީ 4،067 މީހުންނެވެ. މީގެތެރެއިން 30 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.
މުޅި ޖުމްލަ މިބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވި މީހުންގެ އަދަދަކީ 209 އެވެ.




