ފޮޓޯ: އަވަސް

އެއްވެސް ވެރިޔަކަށް ހައްލުކޮށް ނުދެވުނު ޑްރަގުގެ މައްސަލަ ހައްލު ކުރާނީ އަޅުގަނޑު: އުމަރު

ރާއްޖޭގައި އެންމެ ބޮޑުވެފައިވާ އިޖުތިމާޢީ އެއް މައްސަލަ ކަމުގައިވާ މަސްތުވާ ތަކެތީގެ މައްސަލަ ހައްލު ކުރާނީ އޭނާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަޞީދު މިހެން ވިދާޅުވެފައިވަނީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރުމަށް ފޮނުވާ މައްސަލަތަކުގެ 65 އިންސައްތައަކީ މަސްތުވާ ތަކެއްޗާއި ގުޅުންހުރި މައްސަލަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވާތީ، އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އުމަރު ބުނީ، ވޭތުވި 5 އަހަރު ތެރޭ 12،000 އަށް ވުރެ ގިނަ ޑްރަގް ގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާއިރު، އެތަށް ދަރިންނެތް މަގުމަތިވެފައިވާކަމަށެވެ.

އަދި މިކަމުގެ ސަބަބުން ދައުލަތަށް ބުރަ ބޮޑުވެފައިވާއިރު އެއްވެސް ޕާޓީ އަކަށް، އެއްވެސް ވެރިޔަކަށް މައްސަލަ ހައްލުކޮށް ނުދެވުނު ކަމަށް އުމަރު ވިދާޅުވިއެވެ.

"އެއްވެސް ޕާޓީ އަކަށް، އެއްވެސް ވެރިޔަކަށް މައްސަލަ ހައްލު ކޮށެއްނުދެވުނު. އިރާދަކުރެއްވިއްޔާ މި މައްސަލަ ހައްލު ކުރާނީ އަޅުގަޑު." އުމަރު ވިދާޅުވިއެވެ.

އިއްޔެ ފާހަގަކުރި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ މީހުންގެ ދުވަހު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު ފުލުހުންނަށް މިދިޔަ އަހަރު މަސްތުވާތަކެއްޗާއި ގުޅޭ 1،425 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އެ މައްސަލަތަކާ ގުޅިގެން 1،219 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ މައުލޫމާތުތަކުގައި ބުނެފައިވެއެވެ.

އުމަރުވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
211
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ރާސްތާ

    އުމަރުއަށް ޑުރަގް މީހުން ހަށްލުކުރެވޭނެ

  2. Id boss

    ޙައްލަކީއުމަރު.

  3. ރާސްތާ

    އަޅުގަނޑުއަށް ޔަޤީން އުމަރު ވެރިކަމުގައި ޑުރަގް މަށްސަލަ ހައްލު ކުރާނެ ކަން ވަރަށްސާފް އިނގޭތޯ

  4. ާަަޖަމަލުhum

    Saabahey umaru umarakee bsthaleh umarahvaane thikan varah thaaeedhu

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ