މި ހަމަލާގައި ފަސް އަންހެނުންނާއި ކުޑަކުއްޖަކުވެސްވަނީ ޒަހަމްވެފައި

ޖަރުމަނުގައި ވަޅިން ހަމަލާދީ ތިން އަންހެނުން މަރާލައިފި

ޖަރުމަނުވިލާތުގައި މިދިޔަ ހުކުރު ދުވަހު ވަޅިން ދިން ހަމަލާގައި މަރުވެފައިވާ ތިން މީހުންނަކީވެސް އަންހެނުންކަމަށް ފުލުހުން ބުނެފިއެވެ.

މި ހަމަލާ ދީފައިވަނީ ޑިޕާޓްމެންޓް ފިހާރައެއް ތެރޭގައެވެ. ހަމަލާ ދިނުމަށް ބޭނުން ކޮށްފައިވަނީ އެ ފިހާރައިގެ ބަދިގެ ސާމާނު ހުންނަ ސަރަހައްދުން ވަޅިއެއް ނަގައިގެނެވެ. ފިހާރަތެރޭގައި ތިބި މީހުންނަށް ހަމަލާދިނުމަށްފަހު ބޭރުގައި ތިބިމީހުންނަށްވެސް ވަޅިންވަނީ ހަމަލާ ދީފައެވެ.

ވަޅިން ހަމަލާ ދީފައިވަނީ އުމުރުން 24 އަހަރުގެ ސޯމާލިއާއަށް ނިސްބަތްވާ ޒުވާނެކެވެ. މި ހަމަލާގައި ތިން އަންހެނުން މަރުވުމުގެ އިތުރުން ފަސް އަންހެނުންނާއި ކުޑަކުއްޖަކުވަނީ ޒަހަމްވެފައެވެ.

ފުލުހުންބުނީ ހަމަލާދިން މީހާއަކީ ސިކުނޑީގެ އުނިކަމެއް ހުރި މީހެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އިސްލާމްދީނާއި ގުޅޭ ހަރުކަށި ފިކުރު ގެންގުޅޭ މީހަކަށްވުންވެސް އެކަށީގެންވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަމަލާދިން މީހާ ކޯޓަށް ހާޒިރުކޮށްފައިވާއިރު، މިމީހާގެ މައްޗަށް ދައުވާކުރަނީ ތިން މީހުން މަރާލައި އަދި އިތުރު ހަމީހެއް މަރާލަން އުޅުނުކަމުގެ ދައުވާއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ވަހީދު

    ތިކަމުގަފުރަތަމަސުވާލުކުރަންޖެނީކެރީބޯހަލާކާދެންތަހުގީގުކުރައެންމެރަގަޅުވާނީސީޕީހަދުފޮނުވާބަޔަކު؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ