ޖަރުމަނުގެ އެޕާޓްމެންޓެއްގެ ތެރެއިން މަރުވެފައި އޮތް 5 ކުދިން ފެނިއްޖެ

ޖަރުމަނުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ސޮލިންގެން ގައި ހުންނަ އެޕާޓްމެންޓެއްގެ ތެރެއިން މަރުވެފައި އޮތް ފަސް ކުދިންގެ ހަށިގަނޑު ފެނިފައިވާ ކަމަށް ޖަރުމަނުގެ ފުލުހުން ބުނެފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ފަސް ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން އެއް އަހަރާއި އަށް އަހަރާއި ދެމެދުގެ ކުދިންނެވެ. އަދި މި ކުދިންނަކީ ތިން އަންހެން ކުދިންނާއި ދެފިރެހެން ކުދިން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޖަރުމަނުގެ ފުލުހުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ މި ކުދިން މަރާލި ކަމަށް ބެލެވެނީ މިކުދިންގެ މަންމައެވެ. މަންމަގެ އުމުރެއް ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ 27 އަހަރެވެ.

ކުދިންގެ މަންމަ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ފުލުހުން މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ، އަމިއްލައަށް މަރުވާން މަސައްކަތް ކުރަމުން ދަނިކޮށެވެ. މިގޮތުން އަމިއްލައަށް މަރުވުމަށްޓަކައި މި އަންހެންމީހާވަނީ ރޭލެއްގެ ކުރިމައްޗަށް ފުއްމާލުމަށް މަސައްކަތް ކޮށްފައެވެ. މިހާދިސާގެ ސަބަބުން އަންހެން މީހާއަށް ވަރަށް ބޮޑަށް އަނިޔާވެ މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާވެސް ދެމުންނެވެ.

ފަސް ކުދިން މަރާލައިފައިވަނީ ކިހިނެއް ކަމާއި އަދި މިގޮތައް ކަންތައްކޮށްފައިވަނި ކޮން ސަބަބަކާ ހުރެކަން ހޯދިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ