ފެންބޮޑުވެ ހުޅަނގު ޖަރުމަނުން 42 އަކަށްވުރެ ގިނަ މީހުން މަރުވެއްޖެ

ފެންބޮޑުވެ ހުޅަނގު ޖަރުމަނުން 42 އަކަށްވުރެ ގިނަ މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހުޅަނގު ޖަރުމަނުގެ ބަޔެއް ސިޓީތަކުންވަނީ ކާރާއި ގެތައް އޮޔާ ގޮސްފައެވެ. މި ވިއްސާރައިގެ އަސަރު އަވަށްޓެރި ބެލްޖިއަމްއަށްވެސްވަނީ ކޮށްފައެވެ. ބެލްޖިއަމްއިން ހަމީހުން މަރުވެފައި ވެއެވެ.

ވިލާތުގެ ގައުމުތަކަށް މިދުވަސްކޮޅު އައްނަނީ ރިކޯޑު މިންވަރަކަށް ވާރޭ ވެހެމުންނެވެ. ބޯވާރޭގެ ސަބަބުން ކޯރުތައް ފުރި ބަނޑުންވުމުގެ ސަބަބުން ބަޔެއް ގައުމުތަކުގައި އައްނަނީ ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންނެވެ.

ފެންބޮޑުވެ ޖަރުމަނަށް ލިބުނު ގެއްލުންތަކާއި ގުޅިގެން، ރަސްމީ ދަތުރުފުޅެއްގައި މިހާރު އެމެރިކާގައި ހުއްނެވި ޗާންސެލަރ އެންޖެލާ މާކެލްވިދާޅުވެފައިވަނީ ފެންބޮޑުވެ ގިނަ އަދަދެއްގެ ބަޔަކު މަރުވުމުގެ ޚަބަރު އެއްސެވީ ކުއްލި ސިހުމާއެކު ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ