ކްރިމިނަލް ކޯޓު ރިސެސްއަށް

އިއްޔެއިން ފެށިގެން އަންނަމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކްރިމިނަލް ކޯޓް ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން މިކަން ހާމަކޮށް ވިދާޅުވީ، މިމުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެހެން ބާއްވަންޖެހޭ ހާއްސަ ޝަރީއަތްތަކުގެ އަޑުއެހުންތައް އެކަނި ކަމަށެވެ.

މީގެއިތުރުން މިމުއްދަތުގެ ތެރޭގައި، ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރެވޭ ފަރާތްތަކުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި ތަހުގީގުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރެދިނުމާއި މުރާޖާކުރެވުނު ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ކޯޓުގެ ގާޒީންނާއި ލީގަލް މުވައްޒަފުން އަހުލުވެރިވުމުގެ ގޮތުން ބާއްވާ ޕްރޮގުރާމްތަކާއި ދިވެހި ބަހުގެ އެކަޑަމީއާއި ގުޅިގެން ކޯޓުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރި ކުރުމުގެ ޕްރޮގުރާމެއް މިމުއްދަތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސުޕީރިއާ ކޯޓުތައް ކޮންމެ އަހަރަކު ދެ ފަހަރު ރިސެސްއަށް ދާނެ އެވެ. އެގޮތުން ޖޫން މަހާއި ޑިސެމްބަރު މަހުގެ ވަކި މުއްދަތެއްގައި ކޯޓުތައް އޮންނަނީ ރިސެސްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ