ކޮވިޑް-19 އަށް މިއަދު ފައްސިވެފައިވަނީ 143 މީހުން

ކޮވިޑް-19 އަށް މިއަދު ފައްސިވެފައިވަނީ 143 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 4،355 ސާމްޕަލް ކަމަށާއި އޭގެތެރެއިން ފައްސިވެފައިވަނީ 143 ސާމްޕަލް ކަމަށެވެ.

ކޮވިޑް-19 އަށް މިއަދު އަލަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 26 މީހުން، އަތޮޅުތެރޭ ރައްތަކުން 104 މީހުން، ރިސޯޓުތަކުން 08 މީހުން، އަދި ތަރައްގީ ކުރަމުން އައްނަ ރައްތަކުން 05 މީހުންނެވެ.

މިއަދު އަލަށް ކޮވިޑް-19 އަށް ފައްސިވި މީހުންނާއެކު މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދުވަނީ 74،074 އަށް އަރައިފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން އައްނަ މީހުންގެ އަދަދަކީ 3،359 މީހުންނެވެ. މީގެތެރެއިން 23 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ