ކިސަޑު ފޭބުމުގެ ހާދިސާއަކާއި ގުޅިގެން ޖަޕާނުން 20 މީހުން ގެއްލިއްޖެ

ކިސަޑު ފޭބުމުގެ ހާދިސާއަކާއި ގުޅިގެން ޖަޕާނުގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ އަތަމީއިން 20 މީހުން ގެއްލިއްޖެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެއްނަގޮތުގައި ފަރުބަދަމަތިން ބާރު ސްޕީޑުގައި ކަޅުކުލައިގެ ކިސަޑު ފައިބައިގެން މޫދާއި ދިމާލަށް ދަތުރުކުރަމުން ދެއެވެ. ކިސަޑު ފޭބުމުގެ ސަބަބުން ގިނަ އަދަދެއްގެ ގެތައްވަނީ ހަލާކުވެފައެވެ.

މިހާދިސާގެ މައުލޫމާތު ދެމުން ޖަޕާން ސަރުކާރުން ބުނެފައިވަނީ ކިސަޑު ފޭބުމުގެ ސަބަބުން ދެމީހަކު މަރުވެފައިވާކަން މިހާތަނަށް ކަށަވަރުވެފައިވާ ކަމަށެވެ. މި ދެމީހުންގެ ހަށިގަނޑު ކޯސްޓްގާޑުންވަނީ ހޯދައިފައެވެ. ޖަޕާންގެ ސިޓީއެއްކަމަށްވާ އަތަމީ އަށް ކިސަޑު ފައިބައިފައި މިވަނީ އެސަރަހައްދަށް މޫސުން ގޯސްވެފައި ވަނިކޮށެވެ. މިގޮތުން އެސަރަހައްދަށް މިދުވަސްކޮޅުދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

ޖަޕާންއަކީ ގިނަ އަދަދަކަށް ފަރުބަދަ ހުންނަ އެއް ސަރަހައްދެއްގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާ ގައުމެކެވެ. ކިސަޑު ފޭބުމުގެ ހާދިސާތަކަކީ އާންމު ގޮތެއްގައި ހިނގާ ހާދިސާ ތަކެކެވެ.

ކިސަޑު ފޭބުމުގެ ހާދިސާގައި ގެއްލުނު ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ޖަޕާނުގެ ބޮޑުވަޒީރުވަނީ މިކަމަށް ހާއްސަ ޓާސްކްފޯސް އެއްވެސް އެކުލަވާލައިފައެވެ. މޫސުން ގޯސްވެ ފެންބޮޑުވެދާނެ ކަމުގެ ނުރައްކަލަށް ޖަޕާނުގެ ބަޔެއް ހިސާބުތަކުން މިހާރުވަނީ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަންވެސް ފަށައިފައެވެ. ޖަޕާނަކީ އާންމުކޮށް ގުދުރަތީ ހާދިސާތައް ހިނގުން ގިނަ ގައުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ