ފޮޓޯ: ސަން އޮންލައިން

މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެނުގެ ހިދުމަތް މެދުކެނޑޭނެ!

ވެރިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެނުގެ ހިދުމަތް މެދުކެނޑޭނެކަމަށް މޯލްޑިވިސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އެކުންފުނިން ބުނީ، މާލެ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް" ގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ފުލޫނިޔާ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށްޓަކައި، 04 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ ރޭ (މިރޭ) 23:00 އިން 06:00 އަށް، މާލޭގެ ބައެއް ސަރަޙައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑޭނެކަމަށެވެ.

އެގޮތުން މިރޭ ފެނުގެ ޚިދުމަތް ކެނޑިގެންދާނީ އިއްޒުދީން މަގާއި ހަނދުވަރީ ހިނގުމާއި ދެމެދުން ފުލޫނިޔާ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުންކަމަށްވެސް އެމްޑަބްލިއުއެސްސީއިންވަނީ ބުނެފައެވެ.

އަދި ހިދުމަތް މުދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ފެން ކުންފުނިން ވަނީ މައާފަށް އެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ