"ޕަތަން" ގެ ޝޫޓިން ދީޕިކާ ފަށައިފި!

ޔާޝް ރާޖް ފިލްމްސް އިން ގެނެސްދޭ ފިލްމް "ޕަތަން" ގެ މަންޒަރުތައް ނެގުމަށް ބަތަލާ ދީޕިކާ ޕަޑުކޯން، ޝާހްރުކް ހާން އާއި ގުޅިއްޖެއެވެ.

ސިދާތް އާނަންދު ޑައިރެކްޓްކުރާ މި ފިލްމްގެ ކާސްޓުގައި ހިމެނެނީ، ދީޕިކާ ޕަޑުކޯން ގެ އިތުރުން ޝާހްރުކްހާން އާއި، ޖޯން އަބްރަހަމްއެވެ.

ޝާހްރުކް އާއި ޖޯން މީގެ ކުރިންވަނީ ފިލްމްގެ ޝޫޓީން ކުރިއަށް ގެންގޮސްފައެވެ.

"ޕަތަން" އަކީ ދެ އަހަރު ފަހުން ޝާހްރުކް ހާން ބޮޑު ސްކްރީނަށް އެނބުރި އަންނަ ފިލްމެވެ. އަދި މިއީ ޝާހްރުކް އާއި ދީޕިކާ ހަތް އަހަރު ފަހުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމްވެސްމެއެވެ. މި ދެތަރިން އެންމެ ފަހުން ފެނިގެންގޮސްފައިވަނީ  2014 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ހެޕީ ނިއު އިޔާ" އަށް ފަހުއެވެ.

މި ފިލްމް މިއަހަރު ރިލީޒްކުރުމަށް ތާވަލުކުރި ނަމަވެސް، އަންނަ އަހަރަށް ފިލްމް އެޅުވުން ވަނީ ފަސްކޮށްފައެވެ.

ސިދާތް އާނަންދު ޑައިރެކްޓްކުރާ ފިލްމަކީ އެކްޝަން ތްރިލާ ފިލްމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ