ޖަޕާނަށް ކުރި ގަދަ ވިއްސާރައިގައި، ސަލާމަތުން ހުރި އިތުރު ބަޔަކު ފެނިއްޖެ

ޖަޕާނަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، ޖަޕާނުގެ މައި ސިޓީ ކަމަށްވާ ޓޯކިޔޯގެ އަޓާމީގެ ސަރަހައްދުތަކުގެ ބިންގަނޑު ކަނޑައިގެންގޮސް، ވީނުވީއެއް ނޭނގި ގެއްލުނު މީހުންގެ ތެރެއިން އިތުރު މީހުންތަކެއް ސަލާމަތުން ހުއްޓާ ފެނިއްޖެއެވެ.

ބީބީސީ ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި،  މި ކާރިސާގައި މިހާތަނަށް 19 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. އޭގެ ތެރޭގައި މުސްކުޅި ދެމަފިރިންވެސް ހިމެނޭ ކަމަށް އޮތޯރިޓީތަކުން ބުނެފައިވެއެވެ.

ޖާޕާނުގެ ރެސްކިއު ޓީމުތަކުން ގަދަ ވިއްސާރައިގައި، ގެއްލިފައިވާ މީހުން ހޯދާ، ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި ކާރިސާގައި މަރުވެފައިވާ ކަމަށް ޔަޤީންކުރެވިފައި ވަނީ ދެ މީހުންނެވެ.

އަޓާމީ ސިޓީގައި ވަރަށް ބޮޑަށް ފެންބޮޑުވެ ގެދޮރުތައްވެސް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ މަންޒަރު މީޑިއާތަކުގައި އާއްމުކޮށްފައިވާ ވީޑިއޯ އާއި ފޮޓޯތަކުން ފެނެއެވެ.

މި ކާރިސާގައި އެތައް ބަޔަކު ގެއްލިފައިވާއިރު، އަދިވެސް ރެސްކިއު ޓީމުން ދަނީ އިތުރު ބަޔަކު ސަލާމަތުން ހުއްޓާ ފެނޭތޯ މަސައްކަތް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ