އިނގިރޭސިވިލާތުގައި މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެންނަނީ!

އިނގިރޭސިވިލާތުގައި ޕަބްލިކް ޓްރާންސްޕޯޓުތަކާއި، ފިހާރަ ތަކުގައި އަދި އެހެނިހެން މީހުން އެއްވެ އުޅޭ އާއްމުތަންތާ މާސްކް އަޅަން މަޖްބޫރުކޮށްފައި އޮތް އޮތުން ޔުކޭގެ "ފްރީޑޮމް ޑޭ" ގައި ނިމުމަކަށް ގެންނަން ރާވަފައި އޮތްކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ހާމަކުރައްވައިފިއެވެ.

"ފްރީޑޮމް ޑޭ" އަކީ، މި މަހުގެ 19 ގައި އިނގިރޭސިވިލާތުގައި ކޮވިޑުން ރައްކާތެރިވާން ސަރުކާރުން ދަމަހައްޓަމުން ގެންދާ ފިޔަވަޅުތައް ދޫކޮށްލަން ނިއްމާފައި އޮތުމުން އެދުވަހަށް ދީފައިވާ ނަމެކެވެ.

"ދަ ސަން" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ދުވަހުން ފެށިގެން މާސްކް އެޅުމަކީ އެމީހެއްގެ އަމިއްލަ އިހްތިޔާރުގައި ވާ ކަމެކެވެ. އަދި މާސްކް ނާޅާ އާއްމުތަނަކުން ފެނުނުކަމުގައި ވިޔަސް، ޖޫރިމަނާ ނުކުރާނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި، މީހުން އެއްވެ އުޅޭ ތަންތާ މާސްކް އެޅުން މިހާރު މަޖުބޫރު ކޮށްފައި އޮތްއިރު، އެ އުސޫލުގެ ދަށުން މާސްކާ ނާޅާ މީހުން، £6,400 އިން ޖޫރިމަނާކުރެއެވެ.

ޖުލައި 19 އިން ފެށިގެން  އިނގިރޭސިވިލާތް، ކޮވިޑް ވައިރަހާއެކު އުޅެން ދަސްކޮށް އާއްމު ހާލަތަށް ރުޖޫއަވުމަށް މަސައްކަތް ކުރަމުންދާއިރު، އެދުވަހުން ފެށިގެން  ވަކި އުސޫލުތަކަކަށް އަމަލުކުރި ނަމަވެސް މިހާރު އަޅައިފައިވާ ހަރުކަށި އުސޫލުތަކެއް ދޫކޮށްލަން ވަނީ ނިއްމައިފައެވެ.

މި އުސޫލުތަށް ދޫކޮށްލަން ނިއްމާފައި މިވަނީ، އެ ގައުމުގައި ކޮވިޑް-19 އަށް ރައްކާތެރިވުމަށް މި ފިޔަވަޅުތައް އަޅައިފައި އޮންނަތާ އަހަރެއްހާ ދުވަސްފަހުންނެވެ.

ބޮޑު ވަޒީރު ޖޯންސަންގެ މި ނިއްމުމަށް މަށް ހެލްތު ސެކްރެޓަރީކަމާ އަލަށް ހަވާލުވެ ވަޑައިގެންނެވި ސާޖިދު ޖާވިދުގެ ސަޕޯޓު ލިބިފައިވާއިރު، މާސްކް އެޅުން މަޖްބޫރުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް އާއްމު ހާލަތައް ރުޖޫއަ ވުމާއި ގުޅޭގޮތުން ފުރަތަމަ ލަފާދިނީވެސް ސާޖިދުއެވެ.

އެހެންނަމަވެސް، ބައެއް ސީނިއާ މެޑިކަލް އެޑްވައިޒަރުން ބުނާ ގޮތުގައި، ރައްކާތެރިވުމުގެ ފިޔަވަޅުތައް އަދިވެސް އިތުރު މަސްތަކަކަށް ދެމެހެއްޓުން މުހިއްމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ