ކޮވިޑް-19 އަށް މިއަދު ފައްސިވެފައިވަނީ 129 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 4،913 ސާމްޕަލް ކަމަށާއި އޭގެތެރެއިން ފައްސިވެފައިވަނީ 129 ސާމްޕަލް ކަމަށެވެ.
ކޮވިޑް-19 އަށް މިއަދު އަލަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 15 މީހުން، އަތޮޅުތެރޭ ރައްތަކުން 111 މީހުން، ރިސޯޓުތަކުން 02 މީހުން، އަދި ފަތުރުވެރިންނަށް ހާއްސަ ކަނޑު އުޅަނދުތަކުން އެކަކެވެ.
✳️ COVID-19 : Case Updates pic.twitter.com/Sx5JTKoi0r
— Health Protection Agency (@HPA_MV) July 5, 2021
މިއަދު އަލަށް ކޮވިޑް-19 އަށް ފައްސިވި މީހުންނާއެކު މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދުވަނީ 74،480 އަށް އަރައިފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން އައްނަ މީހުންގެ އަދަދަކީ 3،226 މީހުންނެވެ. މީގެތެރެއިން 25 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.



