މާލޭ ސިޓީ ކައުންސިލް އިދާރާގެ ކަންކަން ހަރުދަނާގޮތަކަށް ހިންގުމަށްޓަކައި، އެޑްމިނިސްޓްރޭޓިވް ކޮންސަލްޓަންޓަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިިއެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ގެޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ކަންކަން ހަރުދަނާގޮތަކަށް ހިންގުމަށްޓަކައި، އެއިދާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން، ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޑްމިނިސްޓްރޭޓިވް ރޮނގުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި އެކަމަށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމަށްޓަކައި އެޑްމިނިސްޓްރޭޓިވް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި މިމަސައްކަތާ ގުޅޭ މައުލޫމާތު ޝެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ޖުލައި 2021 ވާ ހޯމަ ދުވަހުގެ 14:00 ގައި ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާގައެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑި ޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭއިރު، ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކުން، ގަޑިއަށް ހާޒިރުވާންވާނެކަމަށްވެސް ކައުންސިލްގެ އިދާރާއިންވަނީ ބުނެފައެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 12 ޖުލައި 2021 ގެ 14:00 އާއި ހަމައަށް ހުޅުވާލާފައިވާއިރު، އެޕްލިކޭޝަންއާއި އެކު ހުށަހަޅުއްވަން ޖެހޭ ލިޔެކިޔުން ތަކަކީ؛އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، ސީ.ވީ، އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓް، މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނެ ރެފެރަންސް ލެޓަރތަކުގެ ކޮޕީ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީއެވެ.




