މޯދީގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރު ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

މައުލޫމާތު ލިބޭގޮތުގައި މޯދީ 2014 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރުކަމަށް އިންތިހާބުވީފަހުން މިއީ ކެބިނެޓަށް މިހާ ބޮޑު ބަދަލެއް ގެއްނެވި ފުރަތަމަ ފަހަރެވެ.

މިފަހަރު ކެބިނެޓަށް ގެއްނެވި ބަދަލުގައި 36 ބޭފުޅުންނަށްވަނީ އަލަށް ވަޒީރުކަންދީފައެވެ. މިހާރު ހުއްނެވި ވަޒީރުންގެ ތެރެއިން 12 ބޭފުޅުންވަނީ މަގާމުން އަމިއްލަފުޅަށް ވަކިވެފައެވެ. އަމިއްލަފުޅަށް މަގާމުން ވަކިވި ވަޒީރުންގެ ތެރޭގައި ސިއްހީ ވަޒީރުންނާއި އައިޓީ ވަޒީރުން ހިމެނެއެވެ.

ކެބިނެޓަށް އަލަށް ގެނެވުނު ބަދަލާއެކު ކެބިނެޓް ވަޒީރުންގެ އަދަދުވަނީ 52 ކުން 77 އަށް އިތުރުވެފައެވެ. މޯދީ ކެބިނެޓަށް މިހާބޮޑު ބަދަލެއް ގެނެސްފައި މިވަނީ މުހިންމު ސްޓޭޓުތަކެއްގެ އިންތިހާބު ބޯމަތިވެފައި ވަނިކޮށެވެ. މީގެތެރޭގައި އުއްތަރަ ޕުރަދޭޝްގެ އިންތިހާބުވެސް ހިމެނެއެވެ.

މީގެއިތުރުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މޯދީގެ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދޯދިޔާކަމުންނާއި ގައުމުގެ އިގްތިސާދުގެ ދުވެލި އެކަށީގެންވާ މިންވަރަކަށް ކުރިއަށްނުދާ މައްސަލައިގައި މިފަހުންވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައެވެ.

މޯދީގެ ސަރުކާރުގެ ކެބިނެޓަށް އަލަން އައްޔަންކުރި ވަޒީރުންގެތެރޭގައި ކުރީގެ އިދިކޮޅު އެމްޕީ އިންނާއި އައްސާމް ސްޓޭޓުގެ ކުރީގެ ޗީފް މިނިސްޓަރުވެސް ހިމެނިވަޑައިގައްނަވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ