އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ދިލިޕް ކުމާރު މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު ލެޖެންޑަރީ އެކްޓަރ ދިލިޕް ކުމާރު އުމުރުން 98 އަހަރުގައި މަރުވެއްޖެއެވެ.

އިންޑިއާގެ ފިލްމީ މަސައްކަތުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އެއް އެކްޓަރ ކަމުގައިވާ ދިލިޕް ކުމާރު މަރުވީ އިއްޔެއެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.

ބަލިވެ އުޅޭތާ އެތައް މަހެއްވެފައި ވަނިކޮށް، ނޭވާލުމަށް އުނދަގޫވެގެން ދިލިޕް ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިޔަ މަހުގެ 20 ގައި ކަމަށް ބޭރުގެ ހަބަރުތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

މި ލެޖެންޑަރީ އެކްޓަރު ވަނީ 65 އަށްވުރެ ގިނަ ފިލްމް ކުޅެފައެވެ. އެގޮތުން އިންޑިއާގެ ފިލްމީ ދާއިރާގައި ގާތްގަނޑަކަށް ފަސް ޑިކޭޑްސް (40 އަހަރު) ވަންދެން ޑިލިޕް މަސައްކަތް ކޮށްފައިވާއިރު، އޭނާ ވަނި ތަފާތު އައިކޮނިކް ކެރެކްޓަރތައް ކުޅެފައެވެ.

ދިލިޕް ކައިވެނިކޮށްފައިވަނީ ބޮލީވުޑްގެ އެކްޓްރެސް ސައިރާ ބަނޫ އާއެވެ. މި ދެމަފިރިންނަށް އެއްވެސް ދަރިއަކު ލިބިފައި ނުވެއެވެ.

ދިލިޕްގެ މަރާއެކު، އިންޑިއާގެ ޕޮލިޓިޝިއަނުންނާއި، ބޮލީވުޑްގެ އެތައް ތަރިންނެއް އަންނަނީ މީސްމީޑިއާގައި ދިލިޕްގެ ހަނދާން އާކުރަމުންނެވެ.

ދިލިޕް ކުމާރު އެންމެ ފަހުން ފެނިފައިވަނީ 1998 ވަނަ ފިލްމް "ގީލާ" އިންނެވެ. އޭނާއަށް ވަނީ 1994 ވަނަ އަހަރު "ދާދާސާހެބް ޕަލްކޭ އެވޯޑް" އަރުވާފައެވެ. އަދި 2015 ވަނަ އަހަރު "ޕަދްމާ ވިބޫޝަން" އެވޯޑްވެސް ދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ