ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަވެފައިވާ ފަރާތްތައް ކަރަންޓީނުން ދޫކުށްލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވަނީ، ވެކްސިންގެ 2 ޑޯޒް ހަމަކޮށް 14 ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަށްރަށަށް ދަތުރުކުރުމާގުޅިގެން މިހާރު ހޯމްކަރަންޓީނުގައި ތިބި ފަރާތްތަކާއި މި ފަރާތްތަކާއެކު ދަތުރުކޮށް ކަރަންޓީނުގައިތިބި ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންވެސް ޕީ.ސީ.އާރު ޓެސްޓު ހަދާ ނެގެޓިވް ނަތީޖާއާއެކު ކަރަންޓީނުން ދޫކޮށްލެވޭނެކަމަށެވެ.
މީގެ އިތުރުން ބުނެފައިވަނީ، ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކޮވިޑް-19 އިމަރޖެންސީ ޔޫސް ލިސްޓިން އަށް ހުއްދަ ދީފައިވާ ވެކްސިނެއް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ، ރާއްޖެއިން ބޭރުން އައިސް މިވަގުތު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ކަރަންޓީނުގެ 7 ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކުން ޕީ.ސީ.އާރު ޓެސްޓު ހަދައި ނެގެޓިވް ނަތީޖާ ލިބުމުން ކަރަންޓީނުން ދޫކުރެވޭނެ ކަމަށެވެ.
ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށްފަހު 14 ދުވަސް ހަމަވުމުން ކަރަންޓީނާ ނުލާ ދަތުރުކުރެވޭ ގޮތަށް އެޗްޕީއޭއިން އުސޫލު ބަދަލުކޮށްފައިވާ އިއްޔެއެވެ. މި ގޮތަށް އުސޫލު ބަދަލުކޮށްފައިވަނީ، މޮނިޓަރިންގައި ނެތް ރަށަކުން، މޮނީޓަރިންގައި ނެތް ރަށަކަށް ނެގެޓިވް ޕީސީއާރް ޓެސްޓާއެކު ދަތުރުކުރެވޭ ގޮތަށެވެ.
ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މާލެއިން ކަރަންޓީންއަކާ ނުލައި މޮނިޓަރިންގެ ނެތް ރަށަށް ދެވޭނީ މާލެ ސަރަހައްދުގައި ޕޮޒިޓިވިޓީ ރޭޓް ފަސް އިންސައްތައިގައި ހުންނަ ނަމައެވެ.
މާލެ ސަރަހައްދުގައި ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތަ އާއި 10 އިންސައްތައިގައި ހުންނަ ދުވަސްވަރު ދެ ޑޯޒް ޖަހާފައިވާ މީހުން ރަށަކަށް ދާނަމަ، ހަތް ދުވަސް ވަންދެން އެ ރަށެއްގައި ކަރަންޓީން ވާން ޖެހޭނެއެވެ. އަދި 10 އިންސައްތައަށް ވުރެ މަތީގައި ޕޮޒިޓިވިޓީ ރޭޓް ހުރިނަމަ، ކުރީގެ އުސޫލާއި އެއްގޮތަށް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެއެވެ.
ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރިސޯޓު މުވައްޒަފުންނަށްވެސް ކަރަންޓީނަކާ ނުލާ ރަށްރަށަށް ދެވޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ.





ހިޔާލު
24 ދުވަހައް ކަރަންޓީން ބަދަލް ކޮއްލާ ކަހަލަ އެއްނު !