ކޮވިޑް-19 އަށް މިއަދު މުޅި ރާއްޖެއިން ފައްސިވެފައިވަނީ 124 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 5،048 ސާމްޕަލް ކަމަށާއި އޭގެތެރެއިން ފައްސިވެފައިވަނީ 124 ސާމްޕަލް ކަމަށެވެ.
ކޮވިޑް-19 އަށް މިއަދު އަލަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 26 މީހުން، އަތޮޅުތެރޭ ރައްތަކުން 73 މީހުން، ރިސޯޓުތަކުން 09 މީހުން، ފަތުރުވެރިންނަށް ހާއްސަ ކަނޑު އުޅަނދުތަކުން 03، އަދި ތަރައްގީ ކުރަމުން އައްނަ ރައްތަކުން 13 އެވެ.
✳️ COVID-19 : Case Updates pic.twitter.com/uLbjPvli71
— Health Protection Agency (@HPA_MV) July 8, 2021
މިއަދު އަލަށް ކޮވިޑް-19 އަށް ފައްސިވި މީހުންނާއެކު މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދުވަނީ 74،480 އަށް އަރައިފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން އައްނަ މީހުންގެ އަދަދަކީ 2،865 މީހުންނެވެ. މީގެތެރެއިން 22 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.




