2020 ވަނަ އަހަރު ގެނެސްދިން ނެޓްފިލްކްސްގެ ފެންޓަސީ ސީރީޒް، އަދި މަޝްހޫރު ހިޔާލީ ވާހަކަ “ދަ އެކްސްކަލިބާ” ގެ މައްޗަށް އުފެއްދި “ކާސްޑް” ސީރީޒް ނެޓްފްލިކްސް އިން ކެންސަލް ކޮށްފިއެވެ.
“ދަ އެކްސްކަލިބާ”ނުވަތަ "އާތާރިއަން" ލެޖެންޑް، އަކީ އާއްމުކޮށް މަޝްހޫރު ދެ ކެރެކްޓަރ ރަސްގެފާނު “އާރތާ” އަދި ސޯސަރާ “މާރލިން” ގެ ވާހަކަތައް ކިޔައިދޭ ވާހަކެއެކެވެ. ނަމެވެސް “ކާސްޑް” ސީރީޒްގައި ކިޔައިދިނީ މި ވާހަކައިގެ ތެރެއިން އަންނަ “ލޭޑީ އޮފް ތަ ލޭކް”، "ނިމުއޭ"ގެ ގެ ވާހަކައެވެ.
މި ސީރީޒްއަކީ މޮޅު އަދި ކާމިޔާބު ސީރީޒަކަށް ވާނެ ކަމަށް ބެލެވުނު ނަމަވެސް، ބެލުންތެރިންގެ ފަރާތުން މި ސީރީޒަށް މާބޮޑު ތަރުހީބެއް ނުލިބެއެވެ. އެގޮތުން ސީރީޒްގައި ފެނިގެންދިޔަ ކާސްޓިންގެ އެކްޓިން ކަމުނުދާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
“ކާރސްޑް” ގައި ލީޑު ރޯލު، “ނިމުއޭ” ގެ ރޯލުން ފެނިގެންދިޔައީ ނެޓްފިލްކްސް ގެ “13 ރީޒަންސް” އިން ވިދާލި އެކްޓްރެސް “ކެތްރީން ލެންގްފޯޑް” އެވެ. އަދި "އާތާ" ގެ ރޯލުން ފެނިގެންދިޔައީ އެކްޓަރު "ޑެވެން ޓެރެލް" އެވެ. މީގެ އިތުރުން "މާލިން" ގެ ރޯލު ކުޅެފައިވަނީ، "ގުސްތަފް ސްކާސްގާޑް" އެވެ.
ނެޓްފްލިކްސް އިން "ދަ ކާސްޑް" ފުރަތަމަ ސީޒަނަށްފަހު ކެންސަލް ކޮށްފައިވާއިރު، ނެޓްފްލިކްސް ގެ އިތުރު އެހެން ސީރީޒްތައްވެސް މިހާރު ވަނީ ކެންސަލުކޮށްފައެވެ. އެގޮތުން "ދަ ކްރޫ"، "ޖުޕިޓަރ ލެގަސީ" އަދި ކަންޓްރީ ކޮމްފަޓް" ފަދަ ސީރީޒްތައް ހިމެނެއެވެ.




