9 ދުވަސްފަހުން ކޮވިޑްގައި މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން މީހަކު ނިޔާނުވާތާ ނުވަ ދުވަސްފަހުން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ށ.އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 59 އަހަރުގެ އަންހެނަކު ރޭ މެންދަމު 03:05 ގައި ނިޔާވެފައިވާ ކަމަށެވެ.

މި މަރާއެކު، ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 214 އަށް އަރައިފައެވެ.

ރާއްޖެއިން އެންމެ ފަހުން މި ބަލީގައި މީހަކު ނިޔާވެފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އެދުވަހު މި ބަލީގައި ރާއްޖެއިން ނިޔާވެފައި ވަނީ، 70 އަހަރުގެ ދިވެހި އަންހެނަކާއި 81 އަހަރުގެ ދިވެހި އަންހެނެކެވެ.

މިދިޔަ މެއި މަހު ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވުމާއެކު، އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މިހާރު ވަނީ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން ދަށްކުރެވިފައެވެ. އަދި ކޮވިޑް ކޮންޓްރޯލުކުރެވުމާއެކު، މާލެ ސަރަހައްދުގައި އަޅައިފައިވާ ކޮވިޑްގެ ފިޔަވަޅުތަކަށް ވަނީ ނިމުމެއް ގެނެސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ