ކޮވިޑް-19 އަށް މިއަދު ފައްސިވެފައިވަނީ 78 މީހުން

ކޮވިޑް-19 އަށް މިއަދު ފައްސިވެފައިވަނީ 78 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 6،320 ސާމްޕަލް ކަމަށާއި އޭގެތެރެއިން ފައްސިވެފައިވަނީ 78 ސާމްޕަލް ކަމަށެވެ.

ކޮވިޑް-19 އަށް މިއަދު އަލަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 28 މީހުން، އަތޮޅުތެރޭ ރައްތަކުން 34 މީހުން، އަދި ރިސޯޓުތަކުން 16 މީހުންނެވެ.

މިއަދު އަލަށް ކޮވިޑް-19 އަށް ފައްސިވި މީހުންނާއެކު މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދުވަނީ 75،071 އަށް އަރައިފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން އައްނަ މީހުންގެ އަދަދަކީ 2،496 މީހުންނެވެ. މީގެތެރެއިން 18 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ