ބޭސްފަރުވާ އަށް މަތިވެރިން ކުޅުދުއްފުޓަށް މިއަދު ދަތުރު ކުރަނީ | ފޮޓޯ: މުއާޒު މޫސާ

އީދުކުޅިވަރުތައް ނުބޭއްވުމަށް އެޗްޕީއޭ އިން އަންގައިފި

އީދުކުޅިވަރުތައް ނުބޭއްވުމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 ފެތުރުމުގެ ޙާލަތު ރަގަޅުވަމުން ދިއުމާގުޅިގެން ލުއިތައް ދެވިފައިވާ މި ދަނޑިވަޅުގައި އާންމު ދިރިއުޅުމުގައާއި އެކި އެކި ޚިދުމަތްތައް ހޯދުމާއި ފޯރުކޮށްދިނުމުގައާއި ދަތުރު ފަތުރުކުރުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރާކަމަށެވެ.

ޚާއްޞަ ގޮތެއްގައި ޗުއްޓީ ހޭދަކުރެއްވުމަށް ތަންތަނަށް ދަތުރުކުރެއްވުމުގައާއި އީދުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، މިގޮތުން އެންމެންގެ ރައްކާތެރިކަމަށްޓަކައި އަންނަނިވި ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކޮށްފައި ވެއެވެ.

  • ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅާ، ތިމާއާއި އެއްކޮށް ދިރިއުޅޭ މީހުން (އެއް ބަބުލްގެ މީހުން) ފިޔަވައި އެހެންމީހުންނާ މަދުވެގެން 3 ފޫޓުގެ ގަދުރުމިން ބެހެއްޓުން.
  • މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ޚިދުމަތްތައް ހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކު އެޅުން.
    ގިނަމީހުން އެއްވެގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުން.
  • އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ޙަރަކާތްތައް އިޚްތިޔާރުކުރުން އަދި އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުން. ކުޅިވަރު މުބާރާތްތައް ނުބޭއްވުން.
  • ކެފޭ ރެސްޓޯރަންޓްތަކާއި، ފިހާރަތަކާއި، ޕާރކްތަކާއި، މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުން
  • ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިންގެ ލަފާ ހޯދުމާއި ފްލޫ ކްލިނިކަށް ދައްކާ ޓެސްޓުކުރުން. އަދި ޓެސްޓުކުރުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން ގޭގައި މަޑުކުރުން
  • ކަރަންޓީނުގައި ތިބެންޖެހޭ ފަރާތްތަކުން ކަރަންޓީނު އުޞޫލުތަކަށް ފުރިހަމައަށް އަމަލުކުރުން

އެޗްޕީއޭ އިން އިތުރަށް ވިދާޅުވެފައިވަނީ، ކޮވިޑް-19 ފެތުރުމުގެ ޙާލަތު ރަގަޅުވެފައިވާ މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުން ދުރުހެލިވުމަށްޓަކައި އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރެއްވުމަށް މި ފުރުޞަތުގައި އިލްތިމާސްކުރާކަމަށެވެ.

މިލިޔުން ކިޔާލުމުން
211
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އެޗުޕީއޭ

    އެޗުޕީއޭ މީ ހާދަ ނާތަހުޒީބުން ތިބޭ ތަނެކޭ ނޭގޭތަ އެމީހުންނަކަށް އެއްވެސް ކަރަންޓީން އަކާނުލާ ރަށްރަށަށް މީހުން އެރުވީމަ ވާނެ ގޮތް…. ތާކުންތާކު ނުޖެހޭބައެއް މި ނޫނީ ނޫޅޭނެ ބޯހަލާކު ވާވަރުވޭ ވަރަށް ވިސްނުންތަ ވިސްނާފަ ލުއިތަކެއް ދީފި

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ