ކޮވިޑް-19 އަށް މިއަދު ފައްސިވެފައިވަނީ 73 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަންް އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 6،715 ސާމްޕަލް ކަމަށާއި އޭގެތެރެއިން ފައްސިވެފައިވަނީ 73 ސާމްޕަލް ކަމަށެވެ.
ކޮވިޑް-19 އަށް މިއަދު އަލަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 14 މީހުން، އަތޮޅުތެރޭ ރައްތަކުން 46 މީހުން، ރިސޯޓުތަކުން 09 މީހުން، ފަތުރުވެރިންނަށް ހާއްސަ ކަނޑު އުޅަނދުތަކުން ތިންމީހުން، އަދި ތަރައްގީ ކުރަމުން އައްނަ ރައްތަކުން އެކަކެވެ.
✳️ COVID-19 : Case Updates pic.twitter.com/e3sZxx8jBc
— Health Protection Agency (@HPA_MV) July 14, 2021
މިއަދު އަލަށް ކޮވިޑް-19 އަށް ފައްސިވި މީހުންނާއެކު މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދުވަނީ 75،405 އަށް އަރައިފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން އައްނަ މީހުންގެ އަދަދަކީ 2،501 މީހުންނެވެ. މީގެތެރެއިން 16 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.



