ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު 215 އަށް

ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު 215 އަށް އަރައިފިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ، މިރޭ 07:58 ގައި ކޮވިޑް-19 ޖެހިގެން އުމުރުން 60 އަހަރުގެ ދިވެހި ފިރެހެނަކު ނިޔާވެފައިވާ ކަމަށެވެ.

އެޗްޕީއޭ އިން އިތުރަށް ވިދާޅުވީ، ނިޔާވި މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓު ކޮށްގެން ފަރުވާދެމުންދިޔަ ބަލިމީހެއް ކަމަށެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 215 ވަނަ މީހާއެވެ.

ކޮވިޑް-19ގެ އެހެނިހެން ތަފާސްހިސާބުތަކަށް ބަލާއިރު މިއަދު މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 73 އެވެ. މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވުވެގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 2،501 އެވެ. މީގެތެރެއިން 16 މީހަކަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ