"މިމީ" ގެ ޓްރެއިލާ ވަރަށް ޝައުގުވެރި!

ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސެނޮން ލީޑު ރޯލުން ފެނިގެންދާ ހެއްވާ މަޖާ ފިލްމް "މިމީ"ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފިއެވެ.

ނެޓްފްލިކްސް ގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ މި ފިލްމަކީ، ހެއްވާ މަޖާ ފިލްމެއް ނަމަވެސް، ޓްރެއިލާއިން ހިތާމައިގެ މަންޒަރުތައްވެސް ފެނިގެންދެއެވެ. އެހެންކަމުން ގިނަ ބަޔަކު ބުނަމުން އަންނަނީ މި ފިލްމް ޝައުގުވެރި ވާނެ ކަމަށެވެ.

މި ފިލްމްގެ ޓްރެއިލާގައި ފިލްމްގައި ވާނެގޮތް ވަރަށް ބޮޑަށް ހާމަކޮށްފައިވެއެވެ.  މި ފިލްމުގައި ބަތަލާ ކްރިތީ ފެނިގެންދާނީ ދެމަފިރިއަކު ބުނެގެން ދަރިއެއް ހޯދައިދިނުމަށް އެއްބަސްވާ ސަރޮގޭޓް މަންމަ އެއް ރޯލުންނެވެ.

ލަކްޝަން އުޓޭކަރް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރަކީ ދިނޭޝް ވިޖަން އެވެ. މި ފިލްމުގައިކްރިތީ ލީޑު ރޯލު ކުޅޭއިރު ދެން މުހިއްމު ރޯލަކުން ފެނިގެންދާނީ އެކްޓަރު ޕަންކަޖް ތްރިޕާތީ އެވެ.

މި ފިލްމް ނެޓްފްލިކްސްގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވަނީ،  މި މަހު 30 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ