އަފްގާނިސްތާނުގެ ހަނގުރާމަ ކަވަރުކުރުމަށް ގޮސް އުޅުނު ރޮއިޓާސްގެ އިންޑިއާ ފޮޓޯ ޖާނަލިސްޓަކު ތޯލިބާނުން ދިން ހަމަލާއެއްގައި މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން ފޮޓޯ ޖާނަލިސްޓް ދާނިޝް ސިއްދީގީ މަރުވެފައިވަނީ ޕާކިސްތާން ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވި އަފްގާނިސްތާނު ސިފައިންނަށް އަމާޒުކޮށް ތޯލިބާނުން ދިން ކުއްލި ހަމަލާއެއްގައެވެ.
އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކާ ތާލިބާން ހަނގުރާމަވެރިންނާ ދެމެދު ހިނގާ ހަމަނުޖެހުންތައް ރިޕޯޓްކުރާ ރިޕޯޓަރެއްގެ ގޮތުގައި ސިއްދީގީ ހަމަޖެއްސީ މި ހަފްތާގެ ކުރީކޮޅެވެ. މީގެކުރިން ސިއްދީގީވަނީ ރޮއިޓާސްގެ ރިޕޯޓަރެއްގެ ގޮތުގައި މިޔަންމާ އަދި އިރާގުގައިވެސް ހަރަކާތްތެރިވެފައެވެ. ސިއްދީގީގެ މަސައްކަތަށް އެވާޑުވެސް ލިބިފައި ވެއެވެ.
A Reuters photographer since 2010, Danish Siddiqui covered the wars in Afghanistan and Iraq, the Rohingya refugees crisis, the Hong Kong protests and Nepal earthquakes. Here is a selection of some of the Pulitzer Prize-winning photographer's best workhttps://t.co/jyICjnP4X2 pic.twitter.com/spkfVr7QMM
— Reuters (@Reuters) July 16, 2021
މިހާދިސާއާއި ގުޅިގެން އިންޑިއާ ސަރުކާރުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. ސިއްދީގީގެ މަރާ ގުޅިގެން އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.