މިދިޔަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން "ނެވާ ހޭވް އައި އެވާ"ގެ ދެވަނަ ސީޒަން ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށައިފިއެވެ.
ކޮމޭޑިއަން އަދި ޕްރޮޑިއުސަރު މިންޑީ ކޭލިންގް އުފައްދާފައިވާ މި ސީރީޒްގެ ފުރަތަމަ ސީޒަން ގެނެސްދިނީ މިދިޔަ އަހަރުއެވެ. މިއީ އިންޑިއާ އަދި އެމެރިކާ އަށް ނިސްބަތްވާ ފުރާވަރުގެ އަންހެން ކުއްޖެއްގެ ދިރިއުޅުމުގައި ހިނގާ ތަފާތު ކަންތައްތަކެއް ދައްކުވައިދޭ ސީރީޒެކެެވެ.
މި ސީރީޒްގެ ދެވަނަ ސީޒަން މިހާރު ސްޓްރީމް ކުރަންފަށައިފައިވާއިރު، ނެޓްފްލިކްސްގެ ކޮންމެ ދުވަހެއްގެ ގަދަ ދިހައެއްގެ ޗާޓަށް ބަލާއިރު އެމެރިކާގައި މި މި ސީރީޒްގެ ދެވަނަ ސީޒަން އުޅެނީ އަދި ވަރަށް ކުރީގައެވެ.
އެގޮތުން އިއްޔެ އެމެރިކާގެ ނެޓްފްލިކްސްގެ ގަދަ ދިހައެއްގެ ޗާޓު އެއްވަނައިގައި އޮތީވެސް މި ސީރީޒެވެ. އަދި ދިވެހިންގެ ޓޮޕް ޓެން ޗާޓުގެ އެއްވަނައިގައި އޮތީވެސް މި ސީރީޒެކެވެ.
މި ސީރީޒްގެ އެންމެ ހާއްސަ އެއް ތަންކޮޅަކީ، މީގެ ލީޑު ކެރެކްޓާ އިންޑިއާ ކުއްޖެއްގެ ގޮތުގައި ދެއްކުމެވެ. އެގޮތުން ލީޑު ކެރެކްޓަރ ދޭވީ ވިޝްވާކުމާރްގެ ރޯލުން ފެނިގެންދަނީ ކެނެޑާ އަށް އުފަން ތަމަޅަ އެކްޓްރެސް، މެއިޓްރޭއީ ރާމާކްރިޝްނަން އެވެ.




