އިންޑިއާގެ ދެ ސުޓޭޓެއްގެ ފުލުހުން އެއްބަޔަކު އަނެއްބަޔެއްގެ ގަޔަށް ބަޑިޖަހައިފި

އިންޑިއާގެ ދެ ސުޓޭޓެއްގެ ފުލުހުންގެ މެދުގައި ހިނގި ކުރިމަތިލުމެއްގައި ފަސް ފުލުހުން މަރުވެއްޖެއެވެ.

މި ކުރިމަތިލުން ހިނގައިފައިވަނީ، އިންޑިއާގެ އިރުއުތުރުގެ ދެ ސުޓޭޓު ކަމަށްވާ އައްސާމް އަދި މިޒޮރަމް ސުޓޭޓުގެ ބޯޑަރު ސަރަހައްދުގައެވެ.

އައްސާމް އަދި މިޒޮރަމް ސުޓޭޓުގެ ފުލުހުންގެ މެދުގައި ކުރިމަތިލުން ހިނގައިފައިވާ މައްސަލައިގައި ދެ ސުޓޭޓުގެ އޮފިޝަލުން އައްނަނީ އެއްބަޔަކު އަނެއްބަޔަކު ކުއްވެރި ކުރަމުންނެވެ. މިގޮތުން ދެ ސުޓޭޓުންވެސްވަނީ ފުރަތަމަ ހަމަލާދިންކަމަށް ދެކޮޅު ހަދަމުންނެވެ.

ދެ ސުޓޭޓުގެ ފުލުހުން ހަމަލާ ބަދަލުކުރުމުގެ ސަބަބުން ފަސް ފުލުހުން މަރުވެފައި މިވަނީ މި ދެސުޓޭޓުގެ ބޯޑަރު މައްސަލައިގައި ހިތްހަމަނުޖެހުންތަކެއް ދެ ސުޓޭޓުގެ މެދުގައި އޮއްނަތާ މަސްދުވަހަށްވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ. އައްސާމް ސުޓޭޓާއި މިޒޮރަމް ސުޓޭޓް ބައިކުރާ ބޯޑަރުލައިންގެ ދިގުމިނުގައި 164 ކިލޯމީޓަރު ހުރެއެވެ. ދެ ސުޓޭޓުންވެސް އައްނަނީ މި ބޯޑަރުލައިންގެ މައްސަލައިގައި ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

އިންޑިއާގެ މައި ސަރުކާރުން 1994 ވަނަ އަހަރުން ފެށިގެން އައްނަނީ ދެ ސުޓޭޓުގެ ބޯޑަރުލައިން މައްސަލައިގައި ހައްލެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް އައިއިރުވެސް މިމައްސަލައިގައި ހައްލެއް ލިބިފައެއް ނުވެއެވެ.

ބޯޑަރުލައިންގެ އަރާރުމުގައި ދެ ސުޓޭޓުން މީގެކުރިންވެސް ހަރުކަށިކަން އިސްކޮށްފައި ވީނަމަވެސް މިއީ ދެ ސުޓޭޓުން އެއްބަޔަކު އަނެއްބަޔަކަށް ހަމަލާދިން ފުރަތަމަ ފަހަރެވެ. ރިޕޯޓުތައް ބުނާގޮތުން މި ހަމަލާތަކުގައި މަރުވެފައިވާ ފުލުހުންނަކީ އައްސާމް ސުޓޭޓުގެ ފުލުހުންނެވެ.

މިލިޔުން ކިޔާލުމުން
11213
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ސުޓޭޓޫ

    ސޭޓޫ!! ސުޓޭޓު ކޮބާ؟ ދިވެހި ކުރީމަ ކިޔޭގޮތްތަ ސުޓޭޓު އަކީ؟؟؟؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ