84 އަހަރުގެ ކާފައެއް އިންސްޓާގްރާމްގައި ރަސްކަންކުރަނީ

ކާފަދަރިފުޅު އޭނަގެ 84 އަހަރުގެ ކާފަގެ ފޮޓޯތަކެއް އިންސްޓަގްރާމްއަށް ދޫކޮށްލުމާއެކު އޭނަގެ ކާފަ މިވަނީ އިންޓަނެޓްގެ ތަރިއަކަށްވެ މަޤުބޫލުކަން ހޯދާފައެވެ.

"ނައޯޔާ" އާނަގެ ކާފަ "ޓެޓްސިޔާ" ކައިރިއަށް ހަފްތާއަކަށް މަޑުކޮށްލުމަށް ކުރި މި ދަތުރުގައި، ނައޯޔާގެ ޒަމާނީ ހެދުންތަކުގައި ކާފަގެ ފޮޓޯ ޝޫޓެއްވަނީ ޖައްސާފައެވެ.

އަދި މި ފޮޓޯތައް އިންސްޓްގްރާމަށް ދޫކޮށްލުމާއެކު، އިސާހިތަކު މި ފޮޓޯތަކަށް މީހުންގެ ތަރުހީބު ލިބި މުޅި އިންޓަނެޓުގައި ޓެޓްސިޔާ މި ވަނީ މަޝްހޫރުވެފައެވެ.

ޓެޓްސިޔާގެ އެކި ސްޓައިލްގެ ފެޝަން ފޮޓޯތަކެއް އޭނަގެ ކާފަ ދަރިފުޅު ނަގާފައިވާއިރު، ގިނަ ބަޔަކު ބުނަމުންދިޔައީ ނައޯޔާގެ ޒަމާނީ ހެދުންތަކުގައި ކާފަ ފެންނަލެއް ވަރަށް ސްމާޓް ކަމަށެވެ.

ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ނައޯޔާ ބުނީ، އޭނަގެ ކާފަ ހުރީ މިކަމާ ވަރަށް އުފާވެފައިކަމަށާއި، ފޯޓޯތައް ނަގާނެ ސަރަހައްދުތައްވެސް ނިއްމީ އޭނަގެ ކާފަގެ އެދުމުގެ މަތިން ކަމަށެވެ.

ޒަމާނީ އެކިކަހަލަ ހެދުންތަކުގައި ތަފާތު ސްޓައިލްތަކަށް ޓެޓްސިޔާ މޮޑެލް ކޮށްފައިވާ ފޮޓޯތައް އިންސްޓަގްރާމްގައި މަގުބޫލުކަން ހޯދަމުން އަންނައިރު، އިންސްޓަގްރާމް އެކައުންޓްގައި މި ފޮޓޯތައް ހިއްސާކުރުމާއިކު އެއްލައްކަ އަށްވުރެ ގިނަ މީހުން ވަނީ އެ ޕޭޖްއަށް ފޮލޯ ކުރަންފަށާފައެވެ.

ނައޯޔާ ބުނީ އަދިވެސް އޭނަގެ ކާފަ މޮޑެލްކޮށްފައިވާ ގިނަ ފޮޓޯތަކެއް ޕޯސްޓުކުރަން އެބަހުރި ކަމަށާއި، ހުރިހާ ފޮޓޯއެއް ކާފައަށް ހަދިޔާއަކަށް ފޮޓޯ އަލްބަމްއެއް ހެދުމަށްފަހު ދޭން ވިސްނާކަމަށެވެ.

ފެޝަނަކީ ވަކި އުމުރަކަށް ހާއްސަވާ ކަމެއްނޫންކަން، ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކޮށް މިހާރު ރިޓަޔަރ ކޮށްފައިހުރި 84 އަހަރުގެ ޓެޓްސިޔާ މިވަނީ ސާބިތުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް