ދަތްތަކުގެ ހުދުކަން ބަހައްޓަންޖެހޭ މިންވަރަކީ ކޮބާ؟

އަލަށް މީހަކާބައްދަލުވާއިރު އެންމެ ފުރަތަމަވެސް ފާހަގަ ކުރެވޭނީ އެ މީހެއްގެ ހިނިތުންވުމެވެ. އެހެންކަމުން ރަގަނޅު ފެށުމަކުން ފަށަން ބޭނުންނަމަ ރީތި ހިނިތުންވުމެއް ހަދިޔާ ކުރަން ޖެހެއެވެ. މިކަމަށް ރީތި ހުދު ދަތް ފިލައެއް ހުރުން ވަރަށް މުހިންމެވެ.

މިޒަމާނުގައި ޑޮކްޓަރަށް ދައްކައި ދަތްތަށް ސާފުކޮށް ބްލީޗްކޮށް ހުދުކުރުމަށް ގިނަ ބަޔަކު ދަނީ ބުރަ މަސައްކަތް ތަކެއް ކުރަމުންނެވެ. ދަތްތަކުގެ ހުދުމިން ބަހައްޓަންވީ ވަރަކާއިމެދު ނުވިސްނައި މާބޮޑަށް ހުދުކުރުމުގެ ސަބަބުން "ފޭކް" ދަތްތަކެއް ހެން ހީވާވަރު ވެފައި އެބަހުއްޓެވެ. ޚާއްސްކޮށް މަޝްހޫރު ބައެއް ފިލްމީ ތަރިންނާއި މެގަޒިން ތަކުގެ ބޭރުގައި ޖަހާފައި ހުންނަ ފޮޓޯތަށް ފެނުމުން އެހެން ހީވެއެވެ.

ދަތްތަކުގެ ހުދުމިން ބަހައްޓަންޖެހޭ ވަރަކީ ކޮބައިތޯ ވިސްނާލަނީ ވަރަސް ވެސް މަދު މީހެކެވެ. އަސްލު ދަތްތަކުގެ ހުދުމިން ބަހައްޓަން ޖެހެނީ ލޮލުގެ ހުދުބަޔާއި އެއްވަރަށް ކަމަށް ދަތުގެ ޙާއްސަ ޑޮކްޓަރުން ބުނެއެވެ. ދަތްތަށް އެއްށްވުރެން ހުދުކުރާނަމަ ދަތްތަކުގެ ގުދުރަތީ ރީތިކަން ގެއްލި އެކަމުގެ އަސަރު ހިނިތުން ވުމަށް ވެސް ކުރާނެއެވެ.

ދަތްތައް ހުދުކޮށް ސާފުކަންމަތީ ބެހެއްޓުމަށްޓަކައި، ދަތްތަކުގެ ކުލަ ރީނދޫވުމަށް މެދުވެރިވާ ކޮފީ، ސިނގިރޭޓްފަދަ ތަކެތިން ދުރުހެލިވުން ބުއްދިވެރިއެވެ. ދިރާސާތަކުން ދައްކާގޮތުގައި ދަތްހުދުކުރުމަކީ އެންމެ އާންމުކޮށް މީހުން ދަތުގެ ޑޮކްޓަރުންނަށް ދައްކާސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދަތްތަށް ހަޑިވެއްޖެ ނަމަ ޑޮކްޓަރަށް ދައްކައި ސާފުކުރާށެވެ. ނަމަވެސް ގުދުރަތީ ރީތިކަން ގެއްލޭވަރަށް ބްލީޗްކޮށް ހުދުކުރަން މަސައްކަތް ނުކުރާށެވެ. މީހާގެ ލޮލުގެ ހުދުބަޔާއި ދަތްތަކުގެ ހުދު ކުލަ ދިމާވާ ވަރަށް ސާފުކޮށް ބެހެއްޓޭތޯ މަސައްކަތް ކުރާށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ