އެގާރަ ވަނަ ހިރަފުސްކަޕްގެ ތަށި މަގުލަސް ކްލަބު އުފުލާލަނީ - ފޮޓޯ: ހިރަފުސް ފޭސްބުކް ޕޭޖް

ހިރަފުސް ކަޕް - މިއަދު ފެށެނީ، ހދ. އަތޮޅުގެ 5 ރަށަކުން 9 ޓީމު ވާދަކުރޭ

ކުޅުދުއްފުށީގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފޯރިގަދަ މުބާރާތްކަމަށްވާ "ހިރަފުސް ކަޕް" މިއަދު ފެށިގެންދާއިރު، ހދ.އަތޮޅުގެ ފަސް ރަށަކުން ނުވަ ޓީމު މިމުބާރާތުގައި ބައިވެރިވެފައިވެއެވެ.

"ޕެންޓަގްރާމް ހިރަފުސް ކަޕް 2019"ގެ ނަމުގައި މިއަދު ފެށުމަށް ތާވަލުކޮށްފައިވާ މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށީ ދެޓީމެވެ. ހަވީރު 04:15 ގައި ފެށުމަށް ހަމަޖެހިފައިވާ މިމެޗުގައި އެއްކޮޅުން ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު ނުކުންނައިރު އަނެއް ކޮޅުން ބައްދަލުކުރާނީ ބަސީރު ސްޕޯޓްސް އެކަޑަމީއެވެ.

ދެގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގައި ކުޅުދުއްފުށީގެ ފަސް ޓީމު ބައިވެރިވެފައިވެއެވެ. އެއީ ބަސީރު ސްޕޯޓްސް އެކަޑަމީ، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން، ކްލަބް ކޮރަލްސް، ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު އަދި ޒިގްޒެގް ފޯ ޔޫތު ލިންކޭޖްއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ކުޅުދުއްފުށީ މަގުލަސް ކްލަބް މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ކުޅުދުއްފުށީ ޓީމުތަކުގެ އިތުރުން ކްލަބް ތިލަދުންމަތި (ނޮޅިވަރަން)، ލައިކަން އެފްސީ (ނޮޅިވަރަންފަރު)، ސާއްބަ އެކުވެރި ކްލަބް (ހަނިމާދޫ) އަދި ހިރިމަރަދޫ އިންޓްގްރިޓީ ޔޫތު އެސޯސިއޭޝަންވެސް މިމުބާރާތުގައި ބައިވެރިވެފައިވެއެވެ.

މިއީ މިފޯރިގަދަ މުބާރާތް ޖެހިޖެހިގެން ބާއްވާ 12 ވަނަ އަހަރެވެ.

މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ހިރަފުސް ދަނޑުގައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް -/20000 ރުފިޔާގެ ފައިސާ ހުށަހެޅިފައިވާއިރު ރަނަރަޕް ޓީމަށް -/5000 ރުފިޔާ ހުށަހެޅިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ