12 ވަނަ ހިރަފުސް ކަޕްގެ ތަށި އުފުލާލުމަށް ސްކައި އަދި ސާއްބަ މިއަދު ނުކުންނަނީ

ހދ. ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ފޯރި ގަދަ 12 ވަނަ ހިރަފުސް ކަޕްގެ ތަށި އުފުލާލުމަށް ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު އަދި ހަނިމާދޫ ސާއްބަ އެކުވެރި ކްލަބު މިއަދު ނުކުންނާނެއެވެ.

ޕެންޓަގްރާމްއިން ސްޕޮންސާ ކޮށްގެން ކުރިއަށް ގެންދާ މިފޯރިގަދަ މުބާރާތުގެ ފައިނަލް މެޗު ކުރިއަށްދާނީ ހދ. ކުޅުދުއްފުށީ ހިރަފުސް ދަނޑުގައެވެ. އަދި މިއަދުގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3:50 ގައެވެ.

ސްކައި އަދި ސާއްބައަށްވެސް މިމުބާރާތް މިހާތަނަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ފައިނަލްގައި ސްކައިވަނީ މަގުލަސް ކްލަބާއި ބައްދަލުކޮށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެފައިނަލް މެޗުން ސްކައި ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު - ފޮޓޯ: ހިރަފުސް އެފްބީ ޕޭޖް

ސްކައި މިމުބާރާތުގެ ސެމީއަށް ދަތުކޮށްފައިވަނީ ގްރޫޕް 1 ގެ އެއްވަނައިގެ ގޮތުގައެވެ. އަދި މުބާރާތުގެ ފައިނަލަށް ސްކައި ދަތުރުކުރީ ސެމީގައި ނޮޅިވަރަންފަރު ލައިކަންއާއި ބައްދަލުކޮށް އެމެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ސާއްބަވެސް މިމުބާރާތުގެ ސެމީއަށް ދަތުރުކުރީ އެކްލަބު ހިމެނުނު ގްރޫޕް 2 ގެ އެއްވަނައިގެ ގޮތުގައެވެ. އަދި ސެމީގައި ކްލަބު ތިލަދުންމައްޗާއި ބައްދަލުކޮށް ފައިނަލަށް ދަތުރުކޮށްފައިވަނީ 4-2 ގެ ނަތީޖާއަކުން އެކްލަބު ބަލިކޮށްގެންނެވެ.

ސާއްބަ އެކުވެރި ކްލަބު - ފޮޓޯ: ހިރަފުސް އެފްބީ ޕޭޖް

އަދި މިއީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބު މިމުބާރާތް ކުޅޭ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ހިރަފުސް ކަޕަކީ ތިލަދުންމަތީ ދެކުނުބުރީގައި އަމިއްލަ ފަރާތަކުން ބާއްވާ އެންމެ ފޯރިގަދަ ފުޓް ބޯޅަ މުބާރާތަށްވާއިރު، މިމުބާރާތުގެ ފައިނަލް މެޗަށް ދެކްލަބުގެ ވީހާވެސް ގިނަ ސަޕޯޓަރުން މިއަދު ދަނޑަށްގޮސް ކްލަބަށް ހިތްވަރު ދިނުމަކީ ދެކްލަބުގެވެސް ވަރަށް ބޮޑު އެދުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ