މުރަކައަށް ގެއްލުންލިބޭ ސަންސުކްރީން ބޭނުން ކޮށްގެން ތައިލެންޑުގެ މެރިން ނޭޝަނަލް ޕާރކްތަކަށް އެރުން މަނާކޮށްފިއެވެ.
ތައިލެންޑުން މިގޮތަށް އަމަލުކުރުމަށް ނިންމައިފައިވަނީ، ފަތުރުވެރިން އިރުގެ އަވިން ހަށިގަނޑަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ބޭނުންކުރާ ސަންސުކްރީންތަކުން ލަހުން ބޮޑެތިވާ މުރަކަތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުންނެވެ.
ތައިލެންޑުގެ ކަމާބެހޭ އިދާރާތަކުން ބުނީ ސަންސުކްރީން އިން އާންމުކޮށް ފެއްނަ ހަތަރު ބާވަތަކުން މުރަކައިގެ ހެދިބޮޑުވުމަށާއި، މުރަކަ އުފެދުމަށް އަސަރުކުރާކަމަށެވެ. މީގެއިތުރުން މުރަކަ ހުދުވުމުގެ މައްސަލަތައްވެސް މީގެ ސަބަބުން ކުރާ ކަމަށެވެ.
އަލަށް އަމަލުކުރަންފެށި މި ގަވާއިދާ ހިލާފުވާ ފަރާތްތައް 2،100 ޕައުންޑަށްވުރެ ބޮޑުނުވާނެ އަދަދަކަށް ޖޫރިމަނާކުރުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ލިބިގެން ދާނެއެވެ.
މިފަދަ ފިޔަވަޅުތަކެއް ބަޔެއް ސަންސުކްރީންގެ އުފެއްދުންތަކާއި ދެކޮޅަށް އެމެރިކާގެ ހަވާއީންނާއި އަދި ޕެސެފިކް ރަށެއް ކަމަށްވާ ޕަލާއޯއިންވަނީ އަޅައިފައެވެ.
ތައިލެންޑުން އެގައުމުގެ ފަރުތަކުގައިވާ މުރަކަތައް ސަލާމަތް ކުރުމަށް މީގެކުރިންވެސްވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން 2018 ވަނަ އަހަރުން ފެށިގެން މާޔާ ބޭވެސްވަނީ ބަންދުކޮށްފައެވެ. މާޔާ ބޭއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ.



