ތައިލެންޑުގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

ތައިލެންޑުގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން މީގެ ހަފްތާއެއް ކުރިން އެގައުމުގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު އެގައުމުން މިއަދު އުވާލައިފިއެވެ.

ތައިލެންޑުގެ ސަރުކާރުން ކުއްލި ހާލަތު އުވާލައިފައިވާކަން ހާމަކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުއްލިހާލަތު ގައުމުގައި އިއުލާންކުރި އިރު އޮތް ނުރައްކާތެރި ހާލަތު މިހާރު ނެއްކަމަށެވެ.

ތައިލެންޑުގެ ސަރުކާރުން ކުއްލި ހާލަތު އުވާލައިފައިމިވަނީ އިއްޔެ އެގައުމުގައި މުޒާހަރާކުރި ގިނަ އަދަދެއްގެ ބައިވެރިން އެގައުމުގެ އަސްކަރީ ބޮޑުވަޒީރު މޭޖާ ޖެނެރަލް ބްރަޔުތު ޗާންއޮޗާ މަގާމުން އިސްތިއުފާ ދިނުމަށް ތިންދުވަހުގެ މުހުލަތެއްދީ މިމުއްދަތުގައި އިސްތިއުފާ ނުދީފިނަމަ އިތުރު މުޒާހަރާތައް ބާއްވާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ.

ތައިލެންޑުގެ ކިޔަވާކުދިން އިންތިޒާމްކޮށްގެން މިހާރު އެގައުމުގައި ބާއްވަމުން ގެންދާ މުޒާހަރާތަކުގައި އެކުދިން ގޮވާލަމުންދަނީ ތައިލެންޑްގެ ރަސްކަމުގެ ނިޒާމު އިސްލާހް ކުރުމަށާއި ޝާހީ އާއިލާގެ ތާއީދު ލިބިފައިވާ ބޮޑުވަޒީރު ބްރަޔުތު ޗާންއޮޗާ މަގާމުން އިސްތިއުފާ ދިނުމަށެވެ.

ބޮޑުވަޒީރު ބްރަޔުތު ޗާންއޮޗާ ތައިލެންޑުގެ ވެރިކަމަށް އިސްވެފައިވަނީ އެގައުމަށް ގެނުއުނު އަސްކަރީ އިންގިލާބެއްގައި 2014 ވަނަ އަހަރުއެވެ. ނަމަވެސް ބޮޑުވަޒީރުކަމާއި ހަވާލުވެފައިވަނީ ސުވާލު އުފެދެނިވި ގޮތަކަށް މިދިޔައަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރުމަށް ފަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ