ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ފުވައްމުލަކު މައިލޯ ސްޓޭޑިއަމް ކައިރި ނައިބު ތުއްތު މަގުން ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގައ މައުލޫމާތު މިއަދު ތިނެއްޖަހާކަްނހާއިރު ލިބިފައިވާކަމަށެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 28 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ އަންހެނަކަށެވެ.
ފުލުހުން ވިދާޅުވީ، މި ދެމީހުންނަށްވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށެވެ. އަދި އެތަނުން އެކަކު އިތުރު ފަރުވާއަށް އައްޑޫ ސިޓީ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓް ވި ދެމީހުންގެ އަތުގައިވެސް ލައިސެންސް އޮތް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.




